އައްޑޫ ސިޓީ މަރަދޫގައި ފިރިހެނަކު ދަންޖެހިގެން މަރުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންނަށް މިކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 6:50 ހާއިރު ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ދުވަހަށް ކަށަވަރުވެފައިވާގޮތުގައި ދަންޖެހިގެން މަރުވެފައިވަނީ އައްޑޫ ސިޓީ މަރަދޫ، ރަންތަރި، އުމުރުން49 އަހަރުގެ ސަމާހު މުހައްމަދު އެވެ.