ޑިފެންސް މިނިސްޓަރު މިހާރު ޕާކިސްތާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ ހާރިޖީ ވުޒާރާގައި ބޮޑުވަޒީރުގެ އެޑްވައިޒަރުގެ ގޮތުގައި ހުންނަ ސަރްތާޖް އަޒީޒް އާއި ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން ކުރިއަށް ގެންގޮސްފައިވަނީ ޕާކިސްތާނުގެ ހާރިޖީ ވުޒާރާގައި އިއްޔެގެ ވަގުތެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ސަރަހައްދީ ލެވެލްގައްޔާއި ބައިނަލްއަގްވާމީ ލެވެލްގައި ޕާކިސްތާނުން ރާއްޖެއަށް ދެމުން އަންނަ އެއްބާރުލުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ޝުކުރު އަދާކުރައްވާ އެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއިމެދު މަޝްވަރާތައް ކޮށްފައިވާކަމަށް ޕާކިސްތާނުގެ ނޫސްތަކުން ބުނެ އެވެ.
ޑިފެންސް މިނިސްޓަރު ޕާކިސްތާނަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުގަ އެވެ.