ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރހިމް -- ފޮޓޯ: ނިޔާޒް ފޭސްބުކް
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރހިމް -- ފޮޓޯ: ނިޔާޒް ފޭސްބުކް

ޕާސްޕޯޓު ހިފަހައްޓަން އަންގާފައި އޮތުމުން ނިޔާޒަށް ފުރުނީ ”ހަމަކިރިޔާ“

ރާއްޖޭގެ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން އިއްޔެ އާންމު ކުރި  ޑޮކިއުމެންޓްރީގައި ކުރީ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ރޭ ރާއްޖެ ދޫކޮށް ސްރީލަންކާއަށް ފުރުނީ ހަަ ކިރިއާ ކަމަށް އޭނާ ބުނެފި އެވެ.

”ދުވަހަށް“ މައުލޫމާތު ދެއްވަމުން ނިޔާޒު ވިދާޅުވީ  ރޭ އޭނާ ފުރަން އުޅެނިކޮށް އިމިގްރޭޝަނުން ޕާސްޕޯޓު ހިފަހައްޓަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް ކޯޓު އަމުރު ނުދައްކާތީ ނުހިފޭއްޓޭނެ ކަމަށް ބުނުމުން މަޑު ނުކުރުވީ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

ނަމަވެސް ނިޔާޒުގެ ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރު ލިބިފައިވާ ކަމެއް އިއްޔެއާއި ރޭވެސް އިމިގްރޭޝަނުން ހާމަކޮށްފައި އެއް ނުވެ އެވެ.

ނިޔާޒު ވިދާޅުވީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއާއި ގުޅިގެން އިންޒާރުތައް ލިބެމުންދާތީ ފުރާނައަށް ނުރައްކާ އޮތުމުން ކަމަށެވެ.

އެ ޑޮކއިުމެންޓްރީގައި ނިޔާޒު ވިދާޅުވެފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދުގެ އަދީބުގެ ކޮރަޕްޝަންގެވާހަކަ ރައީސް އަބްދުﷲ ޔާމީނަށް އޭރު ދެއްނެވި ކަމަށެވެ. އަދި އޭގައި ނިޔާޒު ވަނީ ސަރުކާރުގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި އެވެ.

އެވާހަކަތަކާއި ގުޅިގެން އޭނާ ހައްޔަރު ކުރަން އުޅޭ އަޑުތަކެއްވެސް ފެތުރުެވެ. އަދި އިއްޔެ ފުލުހުން ވަނީ ސަރުކާރު ވައްޓާލަން އުޅޭކަމުގެ ތުހުމަތުގައިމޯލްޑިވްސް އިންޑިޕެންޑެންޓްގެ އޮފީސް ހިންގާ އިމާރާތް ބަލާ ފާސްކޮށްފައި އެވެ.

އެ ނޫހުގެ އެޑިޓަރު ޒަހީނާ ރަޝީދު އަލްޖަޒީރާގެ އެ ޑޮކިއުމެންޓްރީއަށް އިންޓަވިއުދެއްވާފައިވެ އެވެ.  ޒަހީނާ ރަޝީދު ވެސް ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން ސްރީލަންކާއަށް ދިރިއުޅުން ބަދަލު ކުރައްވާފައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *