އައްޑޫސިޓީ ފޭދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކު ނިޔާވެއްޖެ އެވެ.
ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫ ބޮޑުމަގުގައި ހުރި ރެސްޓޯރެންޓެއްގެ ކައިރިން ސައިކަލެއް އަނބުރާލަނިކޮށް ފަހަތުން އައި ސައިކަލެއް ޖެހިގެން ކަމަށެވެ.
އައްޑޫގައި ހިންގާ ނޫހެއް ކަމަށްވާ އައްޑޫ އޮންލައިންގައިވާގޮތުން މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އައްޑޫ ސިޓީ ފޭދޫ ސްކޫލްގެ ޓީޗަރެއް ކަމަށްވާ ފާތިމަތު ސާދާ އެވެ.
މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ހެނދުނު 10:06 ހާއިރު ކަމަށާއި، މީހާ ނިޔާވެފައިވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެ އެވެ.
ތަފްސީލް އަންނަނީ …