އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޑިޕާޓްމެންޓުން ތައްޔާރުކޮށް އިއްޔެ އާއްމުކުރި ”ސްޓީލިން ޕެރަޑައިސް“ ޑޮކިއުމެންޓްރީއާއި ގުޅުންހުރި ލިޔެކިޔުންތައް އަލްޖަޒީރާއިން އާއްމުކޮށްފި އެވެ.
އެ ޑޮކިއުމެންޓްރީއާއި ގުޅޭ 42 ލިޔެކިޔުމެއް އަލްޖަޒީރާގެ ވެބްސައިޓްގައި އާއްމުކޮށްފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލިކަމަށް ބުނާ ހާދިސާއާއި ގުޅޭ ބައެއް ލިޔުންތައްކަމަށް ބުނާ ލިޔުންތަކާއި އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ތުހުމަތުކުރާ މަނީލޯންޑަރިން މައްސަލައާއި ގުޅޭ މެސެޖުތަކާއި މެއިލްތަކާއި އިތުރު ބައެއް ލިޔެކިޔުންތައް ހިމެނެ އެވެ.
[contentcards url=“http://www.aljazeera.com/investigations“]
އަލްޖަޒީރާއިން ތައްޔާރުކުރި ޑޮކިއުމެންޓްރީ އާއްމުކޮށްފައިވާއިރު ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނާގޮތުގައި އެ ޑޮކިއުމެންޓްރީގައި އެއްވެސް އާ ކަމެއް ނެތް ކަމަށެވެ. އެއީ ހަމަ ”ޖަމަލު ފޮޑި“ އެއް ކަމަށެވެ. ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނާގޮތުގައި މިހާތަނަށް އެނގިފައިނުވާ އެތައް ކަމަކާއި އެ ކަންކަމާއި ގުޅޭ ހެކިތައް އަލްޖަޒީރާގެ ޑޮކިއުމެންޓްރީން ހާމަ ވެ އެވެ.