ގ.އެސްޕަރީގޭގައި ރޯވެފައިވާ އަލިފާންގަނޑު  -- ފޮޓޯ: ޓުވިޓާ
ގ.އެސްޕަރީގޭގައި ރޯވެފައިވާ އަލިފާންގަނޑު -- ފޮޓޯ: ޓުވިޓާ

ގ. އެސްބަރިގޭގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ގ. އެސްބަރި ގޭގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގަލޮޅު ސަހަރާ ކައިރީ ހުރި  ތިން ބުރިއަށް ހަދާފައިވާ އެ ގޭގައި އަލިފާން ރޯވިގޮތެއް އަދި ނޭނގެ އެވެ. އަލިފާން ރޯވީ މިރޭ ގާތް ގަނޑަކަށް 10:00 ހާއިރު އެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އާއި ފުލުހުންގެ އިތުރުން އާންމުން ބައިވެރިވެގެން އަލިފާން ނިވާލެވުނީ ގާތްގަނޑަކަށް 10:40 އެހާއިރު އެވެ.  އެ ހާދިސާގައި އެސްބަރިގޭގައ ރޯވި އަލިފާންގަނޑު ވަނީ ޖެހިގެން ހުރި ގ އަސޭނާގެއަށް ކޮށް އެގޭގެ ދެ އެޕާޓްމެންޓެއްގައި ރޯވެފައި އެވެ.

ލަކުޑިން ހަދާފައިާ އެ އިމާރާތުގައި ދިރިއުޅޭ އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ނުވެ އެވެ. ނަމަވެސް ދުމުގެ އަސަރުކޮށްގެން ދުވަސްވީ އަންހެނަކު ހޮސްޕިޓަލަށް ގެންގޮސްފައި އެވެ.

މައުލޫމާތު ލިބޭގޮތުގައި އެގޭގައި 35 ވަރަކަށް މީހުން ދިރިއުޅެ އެވެ. އޭގެ ތެރޭގައި ހަނިމާދޫ ބަޔަކާއި މާލޭ ބައެއް އުޅެ އެވެ. އަދި ބިދޭސީންވެސް ދިރިއުޅޭ ކަމަށް ވެ އެވެ.

އެގެއާއި އަލިފާނުގެ އަސަރުކޮށްގެން ނޫޅެވޭވަރުވި ގެތަކުގެ މީހުންނަށް ބޯހިޔާވަކިކަން ފޯރުކޮށްދިނުމަށް ޑިޒާސްޓާ މެނޭޖުމެންޓު ސެންޓަރުގެ ބޭފުޅުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *