އުރީދޫ އިން ޔޫތު އެމްބެސެޑަރ ޕްރޮގްރާމް ތަޢާރަފް ކޮށްފި

ކުރިއަށް އޮތް ޖީލުގެ ވިޔަފާރި ވެރިންނަށް ޚާއްސަކޮށްގެން އުރީދޫ އިން ޔޫތު އެމްބެސެޑަރ ޕްރޮގްރާމް ތަޢާރަފް ކޮށްފިއެވެ.

ޔޫތު އެމްބެސެޑަރ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި ފަށާފައިވަނީ ބ.އޭދަފުށި ގައެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިތުރު ހިސާބުތަކަށް މިޕްރޮގްރާމް ފުޅާކުރެވިގެން ދާނެ ކަމަށް އުރީދޫ އިން މަޢުލޫމާތުދެއެވެ.

މިޕްރޮގްރާމަކީ މަސައްކަތުގެ މައިދާނުގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ ހުނަރުތައް ޒުވާން ކުދިންނަށް އުނގަންނައި ދިނުމަށްޓަކައި އުރީދޫއިން ތަޢާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ.

ކުރިއަށް އޮތް ޖީލުގެ ވިޔަފާރިވެރިންނާއި، އެކި ދާއިރާތަކުގައި އިސްވެ މަސައްކަތް ކުރާނެ ޒުވާނުންނަށް ޚާއްސަކޮށްގެން ތަޢާރަފްކޮށްފައިވާ މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ އެއްދުވަހުގެ ޓްރޭނިންގް ސެމިނާ އަކުންނެވެ. މި ޓްރޭނިންގް އަށް ބިނާކޮށް ކުރިއަށް ގެންދެވޭ އެސެސްމެންޓް ތަކުގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޒުވާނުންނަށް، އުރީދޫ އިން ތިން މަހުގެ އިންޓަރންޝިޕް ޕްރިގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި އިންޓަރންޝިޕް ކުރިއަށް ގެންދާ މުއްދަތުގެ ތެރޭގައި އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކުއްޖަކަށް، ބިޒްނަސް ޑިޕްލޮމާ ސްކޮލަރޝިޕް އެއް ހަދިޔާ ކުރެވޭނެ ކަމަށް ވެސް އުރީދޫ އިން ބުނެފައިވެއެވެ.

ooredoo

”ކޮންމެ ޒުވާނަކީ ވެސް، ތަމްރީނުދެވި، ރަނގަޅު ފުރުސަތު ތަކެއް ހޯދާ ދެވިއްޖެ ކަމުގައިވާނަމަ، ކާމިޔާބީ އާއި ހަމަޔަށް ވާސިލްވެ، މުުތަމައު އަށް މަންފާ ކޮށްދޭނެ ކުއްޖެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. އުރީދޫ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި 100 މިލިއަނަށްވުރެ ގިނަ ކަސްތަމަރުންނަށް ޚިދްމަތްދޭ ބައިނަލްއަޤްވާމީ ކުންފުންޏަކަށްވާތީ، އަޅުގަނޑުމެންނަށް ލިބިފައިވާ ހުނަރުތަކާއި، ޢިލްމާއި ތަޖުރިބާތައް، އަންނަން އޮތް ޖީލާއި ހިއްސާ ކުރުމަށް ބޭނުންވޭ. އެހެންކަމުން އަޅުގަނޑުމެން ވަނީ އުރީދޫ ގެ ޔޫތު އެމްބެސެޑޯ ޕްރޮގްރާމް، ރާއްޖޭގެ އެކި ހިސާބުތަކަށް ފުޅާ ކުރުމުގެ ނިޔަތާއި އެކު، ބ.އޭދަފުށީގައި ފަށާފައި. މިއީ ސްކޫލް ނިންމާ، ވަޒީފާގެ މައިދާނަށް ނިކުންނަ ޒުވާނުން ތަމްރީނުކޮށް، ވަޒީފާގެ މައިދާނުގައި ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، ޑިޖިޓަލް ވެފައިވާ ދުނިޔޭގައި ކާމިޔާބީ ހޯދުމަށް މަގުފަހު ކޮށްދޭނެ ޕްރޮގްރާމެއް“ ކަމަށް އުރީދޫ އިން ބުންޏެވެ.

ޔޫތު އެމްބެސެޑަރ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހި، ބ.އޭދަފުށި އަޓޮޅު ކައުންސިލާއި ގުޅިގެން އިއްޔެ ވަނީ ފަށާފައެވެ.

”އުރީދޫ ގެ ޔޫތު އެމްބެސެޑަރ ޕްރޮގްރާމް ފެށިގެން ދަނީ މރަށުގައި ކަމަށްވާތީ އަޅުގަނޑުމެން އުފާކުރަން. އަޅުގަނޑުމެންގެ ޒުވާނުންނަށް މިޕްރޮގްރާމް އިން ފައިދާކޮށް އެކުދިންގެ ކެރިއަރ ކުރިއެރުވުމުގައި މިޕްރޮގެރާމް އެހީތެރިވެދޭނެކަން އަޅުގަނޑު ޔަގީންކުރަން“ މި ޕްރޮގްރާމް ފެއްޓުމުގެ ރަސްމިއްޔާތުގައި ބ.އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު އާދިލް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *