އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ރަސްމިއްޔާތެއްގެ ތެރެއިން ރައިސް ޔާމީނާއި އެކު -- ފޮޓޯ: ރައީސް އޮފީސް
އުމަރު ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އިރު ރަސްމިއްޔާތެއްގެ ތެރެއިން ރައިސް ޔާމީނާއި އެކު -- ފޮޓޯ: ރައީސް އޮފީސް

ރިލްވާނުގެ މައްސަލައިގަ ރައީސްގެ މެސެޖެއް ނުލިބޭ، އެކަމަކު މިއީ އެންމެ ކޮރަޕްޓު ސަރުކާރު: އުމަރު

މިނިވަން ނޫހުގެ ނޫސްވެރިާ އަހުމަދު ރިލްވާން ގެއްލިގެން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތް މަޑު ޖައްސާލުމާއި ގުޅޭ އެއްވެސް މެސެޖެއް ރައިސް އަބްދުﷲ ޔާމީން ނުކުރައްވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއިން ރާއްޖޭގެ ކޮރަޕްޝަނާއި ގުޅޭގޮތުން އާންމުކޮށްފައިވާ ޑޮކިއުމެންޓްރީގައި ބުނެފައިވަނީ  އޭނާ ގެއްލުނު ދުވަސްވަރު ރިލްވާންގެ މައްސަލަ އެހާ ބާރުމިނުގައި ކުރިޔަށް ނުގެންދިއުމަށް ރައިސް ޔާމީން ހޯމް މިނިސްޓަރު ކަމުގައި އޭރު ހުންނެވި އުމަރު ނަސީރަށް މެސެޖެއް ކުރެއްވި ކަމަށެވެ. އަދި އޭގެ ޖަވާބުގައި އުމަރު ”އޯކޭ ނޯޓެޑް ސާރ“ މިހެން ޖެހުމަށް ފަހު މެސެޖެއް ކުރެއްވި ކަމަށެވެ.

ރައީސް ޔާމީން އެ މެސެޖު ކުރެއްވި ކަމަށް އަލްޖަޒީރާއިން ބުނެފައިވަނީ 2014 އޯގަސްޓް 22، ވަނަ ދުވަހުގެ ހަވީރު 05:25 ގައި އެވެ. އަދި އުމަރު ޖަވާބު ފޮނުއްވާފައިވަނީ ހަމަ އެދުވަހުގެ ރޭ 07:12 ގައި  ކަމަށެވެ.

ނަމަވެސް އެ ޑޮކިއުމެންޓްރީ ބެއްލެވުމަށް ފަހު އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެއީ ދޮގެއް ކަަމަށާއި އެފަދަ މެސެޖެއް ރައީސް  ޔާމީންގެ ފަރާތްޕުޅުން ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

ރިޕޯޓުގައި ބުނެފައިވާ ފަދައިން މި ސަރުކާރުކީ އެންމެ ކޮރަޕްޓް ސަރުކާރު ކަމަށް އުމަރުގެ އެހެން ޓުވީޓެއްގައި ވިދާޅުވެފައި ވެ އެވެ. އަދި ވިދާޅުވެފައިވަނީ މި ސަރުކާރާއި އެއްވަރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރަކީވެސް ކޮރަޕްޓް ސަރުކާރެއް ކަމަށެވެ.

ރާއްޖެއާއި ގުޅޭގޮތުން އަލްޖަޒީރާއިން ތައްޔާރު ކުރި އެ ޑޮކިއުމެންޓްރީގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ ކޮރަޕްޝަންގެ ތުހުމަތު ކޮށްފައިވާއިރު މިހާރު އެ ޑޮކިއުމެންޓްރީ ވަނީ އަލްޖަޒީރާގެ ޔޫޓިއުބު ޗެނަލުގައި އާންމުކޮށްފައި އެވެ. ނަމަވެސް މިހާތަނަށް ސަރުކާރުން އެ ޑޮކިއުމެންޓްރީ އާއި ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *