ކުރީގެ ރައީސް  މައުމޫނާއި ކުރީގެ ރައީސް  ނަޝީދު އެކުގައި -- ފޮޓޯ: މައުމޫން ޓުވިޓާ
ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް ނަޝީދު އެކުގައި -- ފޮޓޯ: މައުމޫން ޓުވިޓާ

އިއްތިހާދަށް ތާއީދު ކުރާ ވާހަކަ ދޮގެއް ނުކުރި، މައުމޫން އަމަލު ކުރައްވާނީ ގާނޫނާ އެއްގޮތަށް: ޕީޕީއެމް

ޕީޕީއެމް ރައީސް އަދި ކުރީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް އަމަލު ކުރައްވާނީ ގާނޫނު އަސާސީއާއި އެއްގޮތަށް ކަމަށް އެ ޕާޓީން ބުނެފި އެވެ.

ޕީޕީއެމްއިން މިހެން ހާމަކޮށްފައި މިވަނީ ލަންކަގައި ހުންނެވުމަށް ފަހު ކުރީގެ ރައިސް ނަޝީދު އެނބުރި އިނގިރޭށިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން އިންޑިއަން އެކްސްޕްރެސްއަށް ދެއްވި އިންޓަވިއުއަކާއި ގުޅިގެންނެވެ. އެ އިންޓަވައިުގައި ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކޮށް، ދެން އުފައްދާ އިންތިގާލީ ސަރުކާރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހިމެނިވަޑައިގަންނަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް މައުމޫން ތާއީދު ކުރައްވާ ކަމަށާއި މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެ މަނިކުފާނަށް ފުރަގަސް ދިނުމަކީ ކުރައްވާނެ ކަމެއް ނޫންކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ ރައިސް މައުމޫން އަބްދުލް ގައްޔޫމް ގާނޫނު އަސާސީ އާއި ހިލާފު އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

”ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަބަދުވެސް އަމަލު ކުރައްވާނީ ގާނޫނު އަސާސީއާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި ގާނޫނު އަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަން،“ ޕީޕީއެމްއިން ނެރެފައިވާ ކުރު ބަޔާނުގައި ވެ އެވެ.

ނަމަވެސް ނަޝީދު ބައިވެރިވެ ވަޑައިގެންނަވާ އިދިކޮޅު އިއްތިހާދަށް ރައިސް މައުމޫން ތާއީދު ކުރައްވާކަމަށް ވިދާޅުވި ވާހަކަ ޕީޕީއެމްއިން ދޮގެއް ނުކުރެ އެވެ. މައުމޫން އަބަދުވެސް އަމަލު ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ޕީޕީއެމްއިން ބުނި އިރު ނަޝީދު ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީންގެ ވެރިކަން ބަދަލުކޮށް އިންތިގާލީ ސަރުކާރެއް ގާއިމް ކުރާނީވެސް ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *