އައްޑޫ ސިޓީ ޕޮލިހުން ތަޙުޤީޤު ކުރަމުންދާ މަކަރާއި ހީލަތުގެ މައްސަލައަކާއި ގުޅިގެން، މީހަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުންދަނީ ޏ.ފުވައްމުލަކު އާގަރާގޭ އުމުރުން 33 އަހަރުގެ އަބްދުﷲ ރަމީޒް އެވެ.
މައޫލޫމާތު ލިބިފައިވާ ގޮތުގައި ޢަބްދުﷲ ރަމީޒް ވަނީ އައްޑޫ ސިޓީ ރެސްޓޯރަންޓަކުން އެކި ދުވަސް މަތިން ކެއުމަށް ފަހު ބިލް ނުދައްކާ ފިލުމުގެ އިތުރުން ހަމަ އެރެސްޓޯރަންޓުން 150 މީހުންނަށް ކެއުމަށް އޯޑަރު ދިނުމަށްފަހު، ފައިސާ ދޭނެ ކަމަށް ބުނެ ފައިސާ ނުދީ ފިލާފައެވެ.
އަބްދުﷲ ރަމީޒް އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ނުވަތަ އައްޑޫ ސިޓީ އިންވެސްޓިގޭޝަން ޑިއުޓީ ނަމްބަރު 9796240 އަށް ގުޅުއްވައި އެމަޢުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.