ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވައިޓް އެލާޓު ނެރެފި އެވެ.
އެ ސަރަހައްދުތަކަށް ވައިޓު އެލާޓު ނެރެފައިވަނީ މިރޭ ދަންވަރު 01:30 ން މާދަމާ ހެނދުނު 07:30 އަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި މެދުރާއްޖެ ތެރެއާއި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދިޔަ ދެތން ހަފްތާގަ މުޅި ރާއްޖެއަށް ބޯކޮށް ވާރޭވެހި ދެކުނުގެ ރަށްތަކުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ވެފައިވެ އެވެ. މެޓް އޮފީހުން ބުނެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ވިއްސާރަ އަލިވާން ފަށާފައިވާ ކަމަށެވެ.
މި ދުވަސްވަރަކީ އީދު ބަންދަށް ގިނަ އަދަދެއްގެ ބަޔަކު ދަތުރު ކުރާނެ ދުވަސް ވަރަށް ވާތީ މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ ކަނޑުދަތުރު ކުރާ އުޅަނދުތައް ބަލާ ފާސކްުރަން ފަށާފައި އެވެ.