ހުޅުމާލޭގައި ހިންގާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް -- ދުވަސް ފައިލް ފޮޓޯ
ހުޅުމާލޭގައި ހިންގާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް -- ދުވަސް ފައިލް ފޮޓޯ

ލާލޭ ސްކޫލްގެ މުއްދަތު އިތުރު ނުކުރަން ނިންމައިފި

ހުޅުމާލޭގައި ހިންގާ ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރު ނުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ނިންމާފައިވަނީ އެ ސްކޫލް ހިންގާނެ ފަރާތެއް ހޯދަން އަލުން ބިޑަށް ލާށެވެ. އެގޮތުން ބޮޑު އީދު ބަންދަށް ފަހު ބިޑަށް ލާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އެ ނިންމުން މިއަދު ވަނީ އެ ސްކޫލްގެ ބެލެނިވެރިންނާއި ހިއްސާކޮށްފައި އެވެ. މިއަދު އެޑިއުކޭޝަންގެ ފަރާތުން ލާލޭގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު އެވެ.

މި ބައްދަލުވުމުގައި ބެލެނިވެރިން ވަނީ ދަރިވަރުންގެ ކިޔެވުމަށް ދެން ވާނެ ގޮތަކާއި މެދު ސުވާލު ކޮށްފައި އެވެ. ޝަފީއު ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް އެއްވެސް ހުއްޓުމެއް ނައިސް ކުރިޔަށް ގެންދެވޭނެ އިންތިޒާމް މިނިސްޓްރީން ހަމަޖައްސާނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަލުން ބިޑަށް ލުމުން ބިޑް ހުށަހެޅުމުގެ ފުރުސަތު ލާލޭ ހިންގާ ބިޒް އެޓޯލްސް އަށްވެސް އެބަ އޮތް ކަމަށެވެ. މިހާރު ބިޒް އެޓޯލްސް އާއި އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހަށް ހަމަވާނެ އެވެ.

އެ ކުންފުންޏާއި އެ ސްކޫލް ހިންގަން އެންމެ ފުރަތަމަ ހަވާލު ކުރީ 2008 ވަނަ އަހަރު ފަސް އަހަރުގެ މުއްދަތަކަށެވެ. އެ އެއްބަސްވުމުގައި ވާގޮތުން ބިޒް އެޓޯލްސް އިން ހުޅުމާލޭ ލާލޭ ސްކޫލް ހުންނަ އަވަށުގައި  ސްކޫލެއް އަޅަން ޖެހެ އެވެ.

އަދި އެ ކުންފުންޏަށް 25 އަހަރުގެ މުއްދަތަށް ހުޅުމާލެއިން ބިމެއް ކުއްޔަށް ދީފައިވެ އެވެ. ނަމަވެސް މިހާތަނަށް އެ ސްކޫލް އިމާރާތްކޮށްފައި އެއް ނުވެ އެވެ.

އެމުއްދަ 2013 ވަނަ އަހަރު ހަމަވުމުން ދެވަނަ ފަހަރު އެއްބަސްވުން އާކޮށްދިންއިރުވެސް އޭސީސީން ވަނީ އެ އެއްބަސްވުން އެންމެ ފުރަތަމަ ވެފައވަނީވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ އެ އެއްބަސްވުން އުވާލުމަށް އަންގާފައި އެވެ.

ލާލޭ ޔޫތު އިންޓަނޭޝަނަލް ސްކޫލްގައި ގްރޭޑް އެކަކުން 10 ށް 500 އަށްވުރެ ގިނަ ކުދިން ކިޔަވަމުން ދެ އެވެ. އެ ސްކޫލް ހިންގަމުން ދަނީ ހުޅުމާލޭގައި އެންމެ ފުރަތަމަ ސަރުކާރުން އެޅި ފަރީދިއްޔާ ސްކޫލުގައި އެވެ.

 

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *