މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހައުސިންގ މިނިސްޓްރީ
މިއަދު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ބިލެއްދޫ ނެރާއި ބަނދަރު ހެދުން އެމްޓީސީސީއަށް

ފ. ބިލެއްދޫ ބަނދަރުގެ ބޭރުތޮށީގެ މަސައްކަތާއި އާ ނެރެއް ހެދުމަށް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ހައުސިންގ މިނިސްޓްރީން އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 10.22މިލިއަން ރުފިޔާއަށް 160 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މިހާރުވެސް ބަނދަރު ހަދާފައި އޮންނަ ބިލެއްދޫ ބަނަދރުގައި އާ ނެރެއް ހަދަން ނިންމީ އެ ނެރު ހަދާފައި އޮތް ގޮތުން ބަނދަރުގެ ބޭނުން ނުހިފޭތީ ކަމަށް ހައުސިންގ މިނިސްޓްރީން ބުންޏެވެ. އަދި އެހެން ދިމާވަނީ ޖިއޮގްރަފިކަލް ގޮތުން ބިލެއްދޫ އޮތް ގޮތުން ކަމަށެވެ.

މަސައްކަތް ނިމޭއިރު68 މީޓަރުގެ ބޭރު ތޮށްޓެއް ލެވޭނެ އެވެ. އަދި އަލަށް ހަދާ ނެރުގެ ފުޅާމިނުގައި 24 މީޓަރު ހުންނާނެ އެވެ.

މި އެއްބަސްވުުގައި ހައުސިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ މުހައްމަދު މުއިޒެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރު އަޙުމަދު ކުރިކް ރިޒާއެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *