މަރުވެފައި އޮތް އުމުރުން ދުވަސްވީ ދިވެއްސަކު އައްޑޫ ސިޓީ މަރަދޫ އަވަށު ބަނދަރުތެރެއިން ފެނިއްޖެ އެވެ.
މިކަމާއި ބެހޭގޮތުން ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ވާގޮތުން މަރުވެފައި އޮއްވާ ފެނިފައިވަނީ ގދ ފަރެސްމާތޮޑާ، ރަންވެލި، އުމުރުން 86 އަހަރުގެ އަހުމަދު އަލި އެވެ. މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން މިރޭ 11:30 ހާއިރު އާއިލާއިން ރިޕޯޓް ކުރުމުން ހޯދަމުން ދަނިކޮށް ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ހާމަކުރާގޮތުގައި މަރަދޫ ބަނދަރުތެރޭގައި އަހުމަދު މަރުވެފައި އޮއްވާ ފެނުނީ އާއްމުންގެ ބަޔަކަށެވެ. މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.
ގދ ފަރެސްމާތޮޑާ އަށް ނިސްބަތްވާ އަހުމަދު އައްޑޫ ސިޓީ މަރަދޫގައި އުޅެނީ އެރަށު މީހަކާ އިނދެގެންނެވެ.