ހޯމްވޯކް ނުހަދައިގެން އިންޑިއާގެ ޓީޗަރަކު ދަރިވަަކަށް އަނިޔާކުރި ވީޑިއޯ އެއް ހާމަވެއްޖެ

އިންޑިއާގެ އުއްތަރަ ޕްރަދޭޝް ގެ ގޮންޑާގެ ސްކޫލެއްގައި ކިޔަވާދެމުން ދިޔަ ޓީޗަރަކު، ވަރަށް ރަޙުމް ކުޑަ ގޮތަކަށް ދަރިވަރަކަށް އަނިޔާ ކުރި މަންޒަރު ދައްކުވާދޭ ވީޑިއޯ އެއް ހާމަ ވެއްޖެއެވެ. ސީސީޓީވީ ކެމެރާއިން ރިކޯޑުވެފައިވާ  މި ވީޑިއޯ އިން ފެންނަނީ  ފިރިހެން ޓީޗަރަކު ކުޑަ ފިރިހެން ދަރިވަރަކަށް ވަރަށް ރަޙުމް ކުޑަ ގޮތަކަށް އަނިޔާ ކުރާ މަންޒަރެވެ.

އުމުރުން ގާތްގަނޑަކަށް 10 އަހަރުގެ މިފިރިހެން ކުއްޖާއަށް އެ ޓީޗަރު އަނިޔާ ކޮށްފައިވަނީ ކްލާހުގެ އެހެން ހުރިހާ ކުދިންގެ ކުރިމަތީގައެވެ.

ވީޑިއޯ އިން ފެންނަނީ އެ ކުޑަ ފިރިހެން ކުއްޖާ ޓީޗަރުގެ މޭޒު ކައިރިއަށް ގޮސް ފޮތް ދޭ ތަނެވެ. އަދި ޓީޗަރު ފޮތް ބަލާފައި ހޯމްވޯކް ނުހަދާ ހުރިކަން އެނގުމުން ވަރަށް ރުޅި އަިއިސްގެން ތެދުވެ ކުޑަ ކުއްޖާގެ ބޮލުގައި ދެއަތުން ހިފާ ދެކޮޅަށް ބާރު ބާރަށް ތަޅުވާލުމަށް ފަހު ކުއްޖާ ތަޅުންގަނޑު މައްޗަށް ވައްޓާލާ ކޮޅުފައިން ޖަހައެވެ. mumbaimirror_1472892247ކޮޅުފައިން ޖެހުމަށްފަހު އަނެއްކާ ވެސް އެކުއްޖާ ކޮޅަށް ނަގާފައި ވަރަށް ގިނަ ފަހަރަށް ވަރަށް ބާރަށް އެ ކުޑަ ކުއްޖާގެ މޫނުމަތީގައި ޓީޗަރު ތަޅާ މަންޒަރު ވެސް ފެންނަން ހުރެއެވެ.

ކުޑަކުއްޖާ އަށް އަނިޔާ ކުރަމުން ދިޔައިރު އޭނާގެ ކްލާހުގައި ދެންތިބި ކުދިން ވަރަށް ބިރުން އެމަންޒަރު ބަލަން ހުއްޓެވެ. ކުޑަ ކުއްޖާ އަށް އަނިޔާ ކުރުމަށްފަހު ޓީޗަރު އެކުއްޖާ ގެނައި ފޮތް އޭނާ އާއި ދިމާލަށް އެއްލާ، ކިޔަވާ ދިނުމައިގެން ކުރިއަށް ގެންދެއެވެ.

މިދިޔަ އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ހިނގި މިހާދިސާ ގެ ވީޑިއޯ ފުޓޭޖް ވަނީ އޭއައިއެމްއެސް ގެ އިންޓަރނޭޝަނަލް  ސެކަންޑަރީ ސްކޫލު އާއި ހަވާލު ކޮށްފައެވެ. އަދި ޓީޗަރާއި މެދު މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް، މިވަގުތަށް އޭނާވަނީ ސްކޫލުން ސަސްޕެންޑް ކުރެވިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *