ޑރ.އަހްމަދު ޒިޔާދު ބާގިރު- ފޮޓޯ: ވަގުތު
ޑރ.އަހްމަދު ޒިޔާދު ބާގިރު- ފޮޓޯ: ވަގުތު

މިހާރުވެސް 30 މިސްކިތެއްގެ މަސައްކަތް ކުރިޔަށް އެބަދޭ: މިނިސްޓަރު

ރައީސް ޔާމީންގެ ވެރިކަމުގައި ޖުމްލަ 27 މިސްކިތެއްގެ ބިންގާ އެޅިފައިވާ ކަމަށާއި، ޖުމްލަ 30 މިސްކިތެއް އިމާރާތްކުރުމުގެ އަމަލީ މަސައްކަތްތައް މިވަގުތުވެސް ކުރިޔަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޒިޔާދު ވިދާޅުވި ގޮތުގައި އޭގެ ތެރެއިން 15 މިސްކިތެއް މިހާރު ވަނީ ބޭނުންކުރެވޭ ވަރަށް ނިމިފަ އެވެ. އަދި އެ 15 މިސްކިތުގައި ނަމާދުކުރުމުގެ ހުއްދަވެސް މިހާރު ދޫކޮށްފައިވެއެވެ.

މީގެ އިތުރުން އީދު ބަންދަށް ފަހު ވެސް އޭގެ ތެރެއިން ބައެއް މިސްކިތްތައް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާލުވީ، އީދު ބަންދަށްފަހު މަޖިލީހުގެ މަސައްކަތްތައް ފަށާއިރު، ޒަކާތާ ބެހޭ ބިލެއްވެސް އޭޖީ މަޖިލީހަށް ފޮނުއްވާނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *