ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު 28 އަހަރުގެ އަންހެނަކު އައިޖީއެމްއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
މަރުވެފައިވަނީ ރ. ރަސްގެތީމު ފާތިމަތު ޝިއުނާ އެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ރޭ 11:30 ހާއިރު ހުޅުމާލޭ ނިރޮޅު މަގުން ޝިއުނާއާއި އޭނާގެ ފިރިމާހާ މުހައްމަދު ޝާހިދު 35، ދުއްވާފައި ދަނިކޮށް ފަހަތުން އައި ކާރެއް ސައިކަލުގައި ޖެހުމުންނެވެ.
އައިޖީއެމްއެޗުގެ މީޑިއާ އޮފިސަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެކްސިޑެންޓުވެގެން ޝިއުނާ އެ ހޮސްޕިޓަލަށް ގެންދިއައީ ރޭ ދަންވަރު 02:10 އެހާއިރު ކަމަށާއި އޭނާ މަރުވީ އެމަޖެންސީގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 07:50 އެހާއިރު ކަމަށެވެ. އެކްސިޑެންޓުގައި ޝިއުނާގެ ދަތްދޮޅިއާއި ކޮނޑު ހުޅާއި މައިބަދައަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެ ހާދިސާ ހިނގުމުން ހޭނެތުނު ގޮތަށް ޝިއުނާ މަރުވީ ހޭނާރާ އޮވެ އެވެ. އަދި ޝާހިދުއަށްވެސް ސިރިއަށް އަނިޔާތަކެއް ލިބިފައިވާއިރު އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
ހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާކަމަށެވެ.