ބާޒާރު މަތީގައި ހުންނަ އައިޓޭސްޓްއިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ނިއުޒީލެންޑްގެ މަޝްހޫރު ހިކިކިރު މިލްކީގޯލްޑްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ.
މިލްކީގޯލްޑް އެތެރެކޮށް މާކެޓްކުރާ އައިޓެން އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރ މޫސާ ފާރިޝް އަހުމަދު ވިދާޅުވީ، ”މިއީ ރާއްޖޭގެ ވިއްކާ އެންމެ އަގުހެޔޮ ހިކިކިރު، އެހެން މަޝްހޫރު ކިރުތަކުގެ ސައިޒް ކުޑަ ކުރިއިރު އަޅުގަނޑުމެންގެ ކިރުގެ ސައިޒަށް ބަދަލެއް ނުގެންނަން، މިހާރު އަގަށް މި ގެނަވުނު ބަދަލަކީ އާންމުންގެ ޖީބަށް ފަސޭހަ ބަދަލަކަށް ވެގެންދާނެ“.
މިލްކީގޯލްޑް ރާއްޖޭގެ މާކެޓްގައި ޕްރޮމޯޓްކޮށް ބޮޑެތި އިނާމުތަކެއް ދޭންފެށުމުން ރާއްޖޭގައި ވިއްކާ ހިކިކިރުތަކުގެ އަގަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިލްކީގޯލްޑަކީ މިހާރު ރާއްޖޭގެ ވަރަށް ގިނަ ބަޔެއްގެ މެދުގައި މަޤުބޫލު ހިކިކިރެކެވެ.