އައިހެވަންގެ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރީން ބުނެފި

އިހަވަންދިއްޕޮޅުގައި ގާއިމުކުރާ އައިހެވަންގެ އަމަލީ މަސައްކަތް އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ރާއްޖޭގައި ތަރައްގީގެ މަޝްރޫއެއް ހިނގަމުން ނުދާ ރަށެއް މިހާރު ނެތް ކަމަށާއި އިގުތިސާދީ ގޮތުން ބޮޑު އިންގިލާބެއް ގައުމަށް އަންނަމުންދާ ކަމަށެވެ.

އައިހެވަން މަޝްރޫއާ ގުޅޭގޮތުން އަބްދުﷲ މުހައްމަދު ވިދާޅުވީ އެއީ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި އެހެންކަމުން އެކަމަށް ވަގުތުވެސް ނަގާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުން ހުރީ އައިހެވަން ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދުމުގެ ކުރިން އެތަން ތަރައްގީކުރުމަށް ބޭނުންވާ ބިން ހިއްކުމަށް ކަމަށް އަބްދުﷲ ވިދާޅުވިއެވެ. އެގޮތުން މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އެތަން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނަ ވިދާޅުވިއެވެ.

”އައިހެވަން މަޝްރޫއުގެ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު އަމަލީގޮތުން ފެށޭނެ. އެތަނުން ހިކިފަސް ތަންތަން ފެންނަން ފަށާނެ. އެތަނަށް އިންވެސްޓް ކުރާނެ ފަރާތްތައް މިހާރުވެސް އެބަތިބި ފާހަގަކުރެވިފައި. އެކަމަކު ވަރަށް ބޮޑު ޕްރޮޖެކްޓަކަށް ވީމަ ކުރަންޖެހޭ ދިރާސާތައް ކޮށް، ގައުމަށް އެންމެ ނަފާލިބޭނެ ގޮތްތައް ބަލައި އެމަސައްކަތް އެބަދޭ ހުއްޓުމެއް ނެތި ކުރިއަށް“ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *