ކެޓްރީނާ އަށް ބައިވެރިއެއް ހޯދާދޭން ކަރަން ވަރަށް ”ބިޒީ“، އެކަމުގައި އާލިއާ އާ ދޭތެރޭވެސް ނުވިސްނާ

ރަންބީރް ކަޕޫރާއި ހަ އަހަރު ވަންދެން އޮތް ލޯބީގެ ގުޅުން ކެނޑުނު ފަހުން، ކެޓްރީނާ ކެއިފް އަންނަނީ އޭނާގެ ހުއްސަރިބައި ދުވަސްތަށް ވަރަށް އުފަލާއެކީ ވޭތުކުރަމުންނެވެ. ނަމަވެސް އޭނާގެ މިއުފާވެރި ކަމުގައި އަދިވެސް ކޮންމެވެސް ހިތްދަތި ކަމެއް ވާކަން ބައެއް މީހުން ވަނީ ފާހަގަ ކޮށްފައެވެ. އޭގެ ތެރެއިން އެކަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ ކަރަން ޖޯހަރު އެވެ.

ކެޓްރީނާ އޭނާގެ ފިލްމީ ކެރިއަރުގައި ”ބިޒި“ ވެގެން އުޅެން ބޭނުންވި ކަމުގައި ވިޔަސް، އޭނާގެ ރަޙްމަތްތެރި ކަރަން ޖޯހަރު ބުރަކޮށް އުޅެނީ ކެޓްރީނާ އަށް ބައިވެރިއަކު ހޯދާދިނުމަށެވެ. އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، މިދިޔަ މަހު ޔުނައިޓެޑް ސްޓޭޓްސް އަށް ”ޑްރީމް ޓުއަރ“ އަކަށް ކެޓްރީނާ ދިޔައިރު، އޭނާ އާއި އެކު ދިޔަ ބޮލީވުޑްގެ އެހެން ބައެއް އެކްޓަރުން ކަމަށްވާ ވަރުން ދަވަން، އާދިތުޔަ ރޯއީ ކަޕޫރު އަދި ސިދާތު މަލޯތުރާ ގެ ތެރެއިން ކޮންމެވެސް އެކަކާއި ގުޅުމަށް ކަރަން ޖޯހަރު ވަނީ ކެޓްރީނާ ގާތު ބުނެފައެވެ. ނަމަވެސް ކެޓްރީނަ ވަނީ އެހުށަހެޅުމަށް އިންކާރު ކޮށްފައެވެ. ރިޕޯޓު ތަކުން ބުނާ ގޮތުގައި ސިދާތު މަލޯތުރާ އާއި އާލިއާ ބަޓް އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ނެވެ. އަދި އާލިއާ ބަޓް އަކީ ކަރަން ޖޯހަރަށް ”ބައްޕަ“ އެއްގެ މަގާމު ދީގެން އުޅޭ އެކްޓްރެސް އެއްކަން އެންމެންނަށް ވެސް އެނގެއެވެ. އެހެން ނަމަވެސް އާލިއާ ގެ ”ލޯބިވެރިޔާ“ އެހެން މީހަކާ ގުޅުވަން ކަރަން އުޅުމަކީ އިންޑިއާގެ ވަރަށް ގިނަ މީހުންވެސް ހައިރާންވާ ކަމެކެވެ.

ކަރަން ގެ ބުރަ މަސައްކަތް، ސިދާތު އާ ހިސާބުން ނުވަތަ އެ ޑްރީމް ޓުއަރ އާއި ހިސާބުން ނިމުމަކަށް ނާދެއެވެ. ސިދާތު އާއި ވަރުން އަދި އަދިތުޔާ ނޫނަސް، އެހެން ކޮންމެވެސް ”ހެންޑްސަމް“ ބައިވެރި އެއް ކެޓްރީނާ އަށް ހޯދާ ދެވޭތޯ ކަރަން އަންނަނީ ވަރަށް ގިނަ މީހުންނާއި ކެޓްރީނާ ބައްދަލު ކުރުވަމުންނެވެ. އެ އެންމެންނަސް ވެސް ނޫނެކޭ ކެޓްރީނާ ބުނި ކަމުގައި ވިޔަސް، ކަރަން ޖޯހަރު އެމަސައްކަތް ހުއްޓާލާނެހެން ވަރަށް ހީނުވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *