ކުރީގެ ރައީސް ނަޝީދާއި އޭރުގެ މިނިސްޓަރުންތަކެއް -- ފޮޓޯ: ރައީސް އޮފީސް
ކުރީގެ ރައީސް ނަޝީދާއި އޭރުގެ މިނިސްޓަރުންތަކެއް -- ފޮޓޯ: ރައީސް އޮފީސް

މުއްދަތު ހަމަވިއިރު ފައިސާ ދެއްކީ ޑރ ޝަހީދު އެކަނި

ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވެފައިވާކަމަށް ބުނެ އެ ފައިސާ އަނބުރާ ދެއްކުމަށް އަންގާފައިވާ ފަރާތްތަކުގެ ތެރެއިން މުއްދަތު ހަަމަވިިއިރު ފައިސާ ދެއްކީ ކުރީގެ ފޮރިން މިނިސްޓަރު ޑރ އަހުމަދު ޝަހީދު އެކަނިކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތަށް ފައިސާ  ދައްކަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން ނަން ހާމަކޮށްފައިވާ ފަރާތްތަކަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމަނިކުފާނުގެ ވެރިކަމުގައި ފޮރިންގ މިނިސްޓަރުކަން ކުރެއްވި ޑރ އަހުމަދު ޝަހީދާއި އަހުމަދު ނަސީމު، މާލޭ ސިޓީ ކައުންސިލްގެ ރައީސް މުހައްމަދު ޝިހާބު، އެމްޑީޕީ ސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު އަހުމަދު އަދި އޭރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމާއި ކުރީގެ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ފައިސާ ދެއްކުމަށް ދީފައިވާ ހަތް ދުވަސް މިއަދަށް ހަމަވެފއިވާ ކަމަށެވެ. އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ..

ނަމަވެސް ޑރ ޝަހީދު ދެއްކި ފައިސާގެ އަދަދު ފިނޭންސަކުން ހާމައެއް ނުކުރެ އެވެ.

އެ މިނިސްޓްރީން ބުނީ ދައުލަތުގެ މާލިއްޔާއިން ނަގާފައިވާ ކަމަށް ބުނާ ފައިސާ ދައްކަން އެމްޑީޕީ ސަރުކާރުގެ ހަތް ވެރިއަކާއި ރައީސް ނަޝީދަށް އެންގުމުނ އެމްޑީޕީން ބުނީ އެޕާޓީގެ ވެރިކަމުގައ ދައުލަތުގެ ފައސާ ބޭނުންކުރީ މާލިއްޔަރު ގާނޫނާއި އެއްގޮތަށް ކަމަށެވެ،

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *