އޮސްޓްރޭލިއާ ސަފީރާއި މިނިސްޓަރު ބައްދަލު ކުރައްވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އޮސްޓްރޭލިއާ ސަފީރާއި މިނިސްޓަރު ބައްދަލު ކުރައްވަނީ -- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޮސްޓްރޭލިއާގައި ހިލޭ ކިޔެވުމަށް ދޭ ފުރުސަތު އިތުރު ކުރަނީ

އޮސްޓްރޭލިއާ ސަރުކާރުން ހިލޭ ކިޔެވުމަށް ދިވެހިންނަށް ދޭ ސްކޮލާޝިޕްގެ އަދަދު އިތުރުކުރަން ނިންމައިފި އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އޮސްޓްރޭލިއަން އޭޖެންސީ ފޯ އިންޓަނޭޝަނަލް ޑެވެލޮޕްމަންޓް (އޮޒެއިޑް) މިހާރު ރާއްޖެއަށް ދެނީ 10 ސްކޮލާޝިޕް ފުރުސަތެވެ. އަންނަ އަހަރުން ފެށިގެން 16 ސްކޮލާޝިޕް ދިނުމަށް އެއްބަސްވެފައިވެ އެވެ.

މިގޮތަށް ނިިންމާފައިވާކަން ހާމަކުރެއްވީ އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބްރައިސް ހަޗަސަން، އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް އާއި ބައްދަލު ކުރައްވާ ކުރެއްވި މަޝްވަރާތަކުގައި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ބައްދަލުވުުގައި ސަފީރު ވަނީ ޕެރެމެޑިކްގެ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖޭގައި ކުރު މުއްދަތުގެ ކޯސްތަކެއް ހިންގެވުމަށް ޝއުގުވެރިކަން  ފާޅުކޮށްފައި ކަމަށެވެ. އަދި މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވަނީ ރަށްރަށުގައި ސީ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރައްވާފައިވާ އިރު، ޕްރެމެޑިކްގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަކީ ބޭނުން ކަމެއް ކަމަށް ވިދާޅުވެފައި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީރާއްޖޭގެ ތައުލީމީ ދާއިރާގައި އޮސްޓްރޭލިއާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި ބެހޭގޮތުން ސަފީރާ މަޝްވަރާ ކުރައްވާފައި އެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރާނެ މީހުން ތަމްރީނު ކުރުމުގައި އަދި އިނގިރޭސި ބަސް ކިޔަވައިދޭނެ ޓީޗަރުން ތަމްރީނުކުރުމުގައި އެހީތެރިވެވިދާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *