މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން އައްޑޫ ސިޓީ ހުޅުދޫ މީހަކު ހޯދަން ފުލުހުން އިއުލާނު ކޮށްފި އެވެ.
މަސްތުވާތަކެތީގެ މިމައްސަލައާއި ގުޅިގެން ހޯދަމުންދަނީ ސ. ހުޅުދޫ، ނާދީ، މުޙައްމަދު ސައްދާމު (35އ) އެވެ.
މުޙައްމަދު ސައްދާމު އާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ނުވަތަ އައްޑޫ ސިޓީ އިންވެސްޓިގޭޝަން ނަމްބަރު 9796240 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެމެވެ.