ބެއަރފުޓ އެކޯ ހޮޓެލް -- ފޭސްބުކްފޮޓޯ: ބެއަރފުޓް އެކޯ ހޮޓެލް ފޭސްބުކް ޕޭޖް
ބެއަރފުޓ އެކޯ ހޮޓެލް -- ފޭސްބުކްފޮޓޯ: ބެއަރފުޓް އެކޯ ހޮޓެލް ފޭސްބުކް ޕޭޖް

ހަނިމާދޫ ސިޓީހޮޓެލް ”ބެއާފުޓް އެކޯ ހޮޓެލް“ ގެ މުވައްޒަފުން ޑިއުޓީ ދޫކޮށްލުމަށްފަހު ނިކުމެއްޖެ

މުސާރައާއި ސާވިސްޗާޖް މައްސަލައިގާ ހަނިމާދޫގައި ހިންގަމުން އަންނަ ސިޓީ ހޮޓަލެއް ކަމުގައިވާ ”ބެއަރފުޓް އެކޯ ހޮޓެލް“ ގެ މުވައްޒަފުން ޑިއުޓީ ދޫކޮށްލުމަށްފަހު ނިކުމެއްޖެ އެވެ.

ނަން ހާމަނަކުރުމަށް ސަރުތުކޮށް އެތާނގެ މުވައްޒަފަކު ދުވަހަށް މައުލޫމާތު ދެމުން ބުނީ މުވައްޒަފުން ޑިއުޓީ ދޫކޮށް ނިކުތީ ސާވިސް ޗާޖްގެ ގޮތުގައި ލިބުނު އަދަދާއި މެދު ހިތްހަމަ ނުޖެހުމުން ކަމަށެވެ. ސާވިސް ޗާޖްގެ ގޮތުގައި ދިނީ 50 ޑޮލަރު ކަމަށެވެ.

”ސާވިސް ޗާޖްގެ ގޮތުގައި ލިބުނީ 50 ޑޮލަރު، މުސާރައިންވެސް ވަނީ ކަނޑާފަ، އެމަޖެންސީންވެސް ވަނީ ކަނޑާފަ“ ދުވަހަށް މައުލޫމާތު ދިން މުވައްޒަފު ވިދާޅުވި އެވެ.

އޭނާ އިތުރަށް ބުނީ އެކަންކަން ހައްލު ނުވަނީސް އެއްވެސް މުވައްޒަފަކު ވަޒީފާއަށް ނުނިކުންނަން ނިންމާފައިވާކަމަށެވެ.

ހަނިމާދޫގައި ހިންގަމުން އަންނަ ”ބެއަރފުޓު އެކޯ ހޮޓެލް“ އަކީ އިޓަލީ މެނޭޖްމަންޓަކުން ހިންގަމުން އަންނަ ސިޓީ ހޮޓެލް އެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

3 Responses

  1. Thigothah kanthah kohgen noony hahleh nuvaane than furaafa gestun thibeyiruves 50dolaru service charge ge gothuga dhinun mee hama jokeh muahzagun nah kuraa malaamaatheh enmen ekathigandakah ve thibe ekahccheh kiyaagen mikahala kankan hahluvaany

  2. ރަނގަޅަށް ނޫން ތިޔަހެދީ. ފުރަތަމަ ހިދުމަތް ކުރޭ. ދެން ހިދުމަތައް ބުރޫ ނާރާ ގޮތަށް މިކަން ކުރެވޭތޯ ބަލާ

  3. ވަރަށް އޮޅުވާލުން ބޮޑު ތަނެއްތީ މުސާރަވެސް ދެނީ 1500 ރުފިޔާ އެކަމަކު ބޭސިކް ސެލަރީ އަކީ 4000 މީ ކިހިނެތްވާ ކަމެއް! އަދި އެހެން އެލަވަންސްތަށްވެސް ދެނީ އޮޅުވާލާފަ. ބޯނަސްވެސް،ސަރވިސްޗާރޖްވެސް އަދި އެހެން ހުންނަ އެލަވަންސްވެސް. ބޭސް ފަރުވާވެސް ނުދޭ. ރޯދަ މަގު އިނާޔަތް ދީފަ އަންނަ މަހު ބަންދުވާނޭ ފަހުން މުސާރަ ދޭނަމޭ ކިޔާފަ މުސާރަވެސް ނުދޭ. އެކަމަކު ދިވެހުންނަސް ޙާއްސަޔޯ. އަދި ހަނިމާދޫ މީހުންނަސްވެސް މީދޯ ޙާއްސަވުމަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *