އިލްޔާސް ލަބީބު -- ފޮޓޯ: މަޖިލީސް
އިލްޔާސް ލަބީބު -- ފޮޓޯ: މަޖިލީސް

ސަރުކާރު ވައްޓާލަން އުޅޭކަމަށް ބުނެ އިލްޔާސް ލަބީބުގެ ފޯނު އަތުލައިފި

ސަރުކާރު ވައްޓާލަން މަސައްކަތް ކުރާކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުގެ ފޯނު ފުލުހުން އަތުލައިފި އެވެ.

ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މައުލޫމާތު ސާފުކުރަން ކަމަށް ބުނެ އޭނާ ފުލުހަށް ހާޒިރު ކުރީ މިއަދު  ހަވީރު 05:40 ހާއިރު އެވެ. ހާޒިރު ކުރުމަށް ފަހު އޭނާ ދޫކޮށްލާފައިވާއިރު އިތުރު ތަހުގީގަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު ހިފަހައްޓާފައި އެވެ.

އިލްޔާސްގެ ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވިދާޅުވީ އޭނާ ފުލުހަށް ހާޒިރު ކުރީ ގާނޫނީ ގޮތުން އުފެދިފައިވާ ވެރިކަމެއް ވައްޓާލުމަށް މަސައްކަތް ކުރަމުންދާކަުގެމައުލޫމާތު ލިބިފައިވާތީ އެ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. މީޑިއާގައި ނާޒިމް ވިދާޅުވީ އެކަމާއި ގުޅޭ އެއްވެސް ސުވާލެއް އިލްޔާސްއާއި ފުލުހުން ނުކުރާ ކަމަށާއި ހަމައެކަނި ފޯނު އަތުލުމަށް ފަހު ދޫކޮށްލީ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިލްޔާސް ފުލުސް އޮފީހަށް ހާޒިރުކުރީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *