ކެނަބިސް ރަމްޒުކޮށްދޭ ބެލްޓެއް އަޅައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

ކެނަބިސްފަތް ރަމްޒުކޮށްދޭ ބެލްޓެއް އަޅައިގެން މަސްތުވާތަކެއްޗަށް ޙިތްވަރުދީ ޝަޢުގުވެރިކަން އުފެދޭ ގޮތަށް މަސައްކަތްކުރި ކަމުގެ ތުޙުމަތުގައި ގދ.ރަތަފަންދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ 22:15 ހާއިރު ރަތަފަންދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން ހިންގި ހަރަކާތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ކެނަބިސް ފަތް ރަމްޒު ކޮށްދޭ ބެލްޓް ފެނިފައި ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ހަށިގަނޑު ބަލައިފާސްކުރިއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މަސްތުވާތަކެއްޗަށް ހިތްވަރުދިނުމާއި ޝައުޤުވެރިކުރުވުމަކީ  ޤާނޫނު ނަންބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 128 ވަނަ މާއްދާގެ ދަށުން ކުށެކެވެ. އަދި މި މާއްދާގެ ދަށުން ކުށެއް ކޮށްފި މީހެއްގެ އަދަބަކީ 3 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ގދ.ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *