އެތުލީޓުންގެ ތަމްރީންތަކަށް އެއްބާރުލުންދޭން ކުރިއަށްގެންދާ ހަރަކާތުގައި އުރީދޫ ބައިވެރިވެރިވުމުގެ ރަސްމިއްޔާތު- ފޮޓޯ: ވަގުތު.އެމްވީ
އެތުލީޓުންގެ ތަމްރީންތަކަށް އެއްބާރުލުންދޭން ކުރިއަށްގެންދާ ހަރަކާތުގައި އުރީދޫ ބައިވެރިވެރިވުމުގެ ރަސްމިއްޔާތު- ފޮޓޯ: ވަގުތު.އެމްވީ

ދިވެހި އެތުލީޓުންގެ ހުނަރު ތަރައްޤީ ކުރުމަށްޓަކައި އުރީދޫ އިން އެއްބާރުލުން ދެނީ

ރާއްޖޭގެ ޒުވާން އެތުލީޓުންނަށް ކުރިއެރުމުގެ ފުރުސަތުތައް ހޯދާދިނުމުގެ މަޤުސަދުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކުރިއަށް ގެންދާ ’ޕާޓްނަރސް ފޯ އެމްވީ ސްޕޯޓްސް‘ އަށް އެއްބާރުލުންދޭން އުރީދޫ އިން އެއްބަސްވެއްޖެ އެވެ.

މިކަމާއި ގުޅޭގޮތުން މިއަދު މެންދުރު އުރީދޫގެ މެއިން ބިލްޑިންގް ގައި ބޭއްވުނު ރަސްމިއްޔާތުގައި، އުރީދޫ އިން ވަނީ ’ޕާޓްނަރސް ފޯ އެމްވީ ސްޕޯޓްސް“ އަށް ދޭ އެއްބާރުލުމުގެ ރަމްޒެއްގެ ގޮތުން އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަލްފާޟިލް އަޙްމަދު މަރްޒޫޤު އަށް ހާއްސަ ބެޓަނެއް ހަވާލުކޮށްފައެވެ. މި ބެޓަން ހަވާލު ކޮށްދެއްވީ އުރީދޫ ގެ ސީއީއޯ ވިކްރަމް ސިންހާ އެވެ.

މިޕާޓްނަރޝިޕްގެ ދަށުން ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއަރުވައިދީ، އެކުދިންގެ ހުނަރުތައް އިތުރަށް ތަރައްޤީ ކޮށްދޭނެއެވެ. މީގެ އިތުރުން ކާމިޔާބީއަށް ވާސިލްވުމަށް ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން އުރީދޫ އިން ރާއްޖެގެ އޮލިމްޕިކް ކޮމިޓީގެ ސްކޮލަރޝިޕް ސްކީމަށް އެއްބާރުލުން ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

’އިންސާނީ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ތަސައްވަރު އުރީދޫ އާއި އެކު ހިއްސާ ކުރާ މުހިންމު ބައިވެރިންނާއި ގުޅިގެން މަސައްކަތް ކުރުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ފަޚުރެއް. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީން ދަނީ ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް ހިތްވަރުދީ، ރާއްޖޭގެ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މަތީ ވަނަތައް ހޯދުމަށް މަގުފަހިކޮށްދެމުން. މިޕްރޮގްރާމް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެބޭފުޅުން ކުރައްވާ މަސައްކަތަށް އެއްބާރުލުން ދެވޭތީ އަޅުގަނޑުމެން އުފާކުރަން‘ މިއަދު ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫ ގެ ސީއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު މަރްޒޫޤް ވިދާޅުވީ ’ޕާޓްނަރސް ފޯ އެމްވީ ސްޕޯޓްސް ގައި ބައިވެރިވެ، އުރީދޫ އިން އޮލިމްޕިކް ސްކޮލަރޝިޕް ސްކީމަށް ދެއްވާ އެއްބާރުލުމަކީ މިސާލެއްގޮތުގައި ބަލައި، ދިވެހިރާއްޖޭގައި ކުޅިވަރުގެ މައިދާން ކުރިއަރުވައި ތަރައްޤީ ކުރުމުގައި އެހެން ކުންފުނިތަކުންވެސް ބައިވެރިވުމީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް“ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *