ހުޅުމާލޭގައި 2،500 ސޯޝަލް ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ފިނޭނސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެގައިވަނީ ސޯޝަލް ހައުސިން ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި 2،500 ހައުސިން ޔުނިޓު ކޮންޓްރެކްޓަ ފައިނޭންސް އުސޫލުން ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ސެޕްޓެމްބަރު މަހުގެ 26 ކުރިން ފިނޭންސް މިނިސްޓްރީއަށް ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ ފޮނުވަން ޖެހެ އެވެ.
ސޯޝަލް ހައުސިންގ ޔުނިޓުތަކެއް އަޅާދޭނެ ބަޔަކު ހޯދަން ފިނޭނސް މިނިސްޓްރީން އއުލާނު ކުރި އިރު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރަތް ކުރުމަށް ހަމަޖެހިފައިވާ ހަތް ހާސް ހައުސިންގ ޔުނިޓުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެޗްޑީސީން ބުނީ އެ ހައުސިންގ ޔުނިޓުތަކަކީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުން އަޅާ ފްލެޓުތަކެއް ކަމަށެވެ. މިދޔަ ބުރާސްފަތި ދުވަހުހައުސިން ޔުނިޓް އަޅާ ސަރަހައްދުގެ ބޯހޯލް ތޮރުފައިގެން ޓެސްޓްތަކެއް ހަދަން ފަށާފައިވާކަމަށް އެ ކޯޕަޜޭޝަނުން ބުންޏެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކާފައިވާ ބިމުގައި ސަރުކާރުގެ ގެދޮރުވެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން 15،000 ހައުސިންގ ޔުނިޓު އަޅަން ވަނީ ނިންމާފައި އެވެ.