އަނިޔާ އާއި ދެކޮޅަށް ކުދިން ބާރުވެރި ކުރުވުމުގެ ގޮތުން މ. އަތަޮޅު ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ޖެންޑާ މިނިސްޓްރީން މައުލޫމާތު ސެޝަންތަކެއް ބާއްވައިފި އެވެ.
މި އޯގަސްޓް މަހުގެ އެކި ދުވަސްތަކަކުގައި މ. އަތޮޅުގެ އަށް ރަށަކަށް ޒިޔާރަތްކޮށް އަނިޔާ އާއި ދެކޮޅަށް ކުދިން ބާރުވެރި ކުރުވުމާއި ގުޅޭ ގޮތުން މައުލޫމާތުދީފައިވާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެ އެވެ. އެ މިނިސްޓްރީން މި ސެޝަންތައް ބާއްވާފައިވަނީ މ. މުލި، ނާލާފުށި، ރަތްމަންދޫ، މުލަކު، ވޭވަށް އަދި ދިއްގަރާއި ކޮޅުފުށީގެ އިތުރުން މަޑުއްވަރީގައި އެވެ.
މީގެ ތެރެއިން މުލަކުގައި ބޭއްވި ސެޝަންގައި ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ބައްދަލުވުމުގައި އެކަމަނާ ވަނީ މައުލޫމަތު ދެވުނު ކަންކަމާއި ގުޅޭގޮތުން ދަރިވަރުންގެ ހިޔާލު ހޯއްދަވާފައި އެވެ.
މި ސެޝަންތަކުގައި އެ ރަށްރަށުގެ ގްރޭޑް ހަތަރެއް، ފަހެއް އަދި ހައެއްގައި ކިޔަވަމުންދާ 360 ހަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވި އެވެ.
މި ސެޝަންތައް ކުރިިޔަށް ގެންގޮސްފައިވަނީ ޖެންޑާ މިނިސްޓްރީއާއި ފުލުހުންނާއި ގުޅިގެންނެވެ.