އިއްޔެރޭ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މޫސާ ނައީމް --
އިއްޔެރޭ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މޫސާ ނައީމް --

މޫސަގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލަން ނިންމައިފި

ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުއްޓަ އިއްޔެ ރޭ ފަތިހު މަރުވި ހ. ފިލިކުރިގެ މޫސާ ނައީމް، 55 އަހަރުގެ ޕޯސްޓްމޯޓަމް ނުހަދާ ވަޅުލާން ނިންމައިފި އެވެ.

ކުރިން ޕޯސްޓްމޯޓަމް ހެދުމަށް އެދުމަށް ފަހު އެ ނިންމުން އާއިލާއިން ބަދަލު ކުރި ސަބަބެއް ނޭނގެ އެވެ.

އޭނާގެ މައްޗަށް ކުރެވޭ ކަށު ނަމާދު މެންދުރު ނަމާދަށް ފަހު އާސަހަރާގައި އޮންނާނެ ކަން މިހާރު އާއިލާގެ ފަރާތުން އިއުލާނުކޮށްފި އެވެ.

އޭނާ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މައްސަލަ ބަލައި ދިނުމަށް އާއިލާގެ ފަރާތުން ވަނީ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައި އެވެ. އަދި އެ މައްސަލަ ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައި އެވެ.

މޫސަ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭއިރު އައިޖީއެމްއެޗުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން މޫސަ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރީ ރާއްޖެއަށް އަށް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އެވެ.

 

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *