އިއްޔެރޭ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މޫސާ ނައީމް --
އިއްޔެރޭ ފުލުހުންގެ ބަންދުގައި ހުއްޓާ މަރުވި މޫސާ ނައީމް --

ފުލުހުންގެ ބަންދުގައި ހުއްޓާ މޫސަ މަރުވި މައްސަލަ އެންއައިސީއިން ބަލަނީ

ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުއްޓަ އިއްޔެ ރޭ ފަތިހު ހ. ފިލިކުރިގެ މޫސާ ނައީމް، 55 އަހަރު މަރުވި މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ފަށައިފި އެވެ.

އެންއައިސީން އެ މައްސަލަ ބަލަން ނިންމީ އޭނާ މަރުވެފަިއވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ކަމަށްވާތީ އެވެ. އިއްޔެ އެ މައްސަލަ ބަލަން ފެށިފަހުން މޫސަގެ އާއިލާގެ ފަރާތުން ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެންއައިސީއަށް ހުށަހަޅާފައި އެވެ.

އެ ކޮމިޝަނުން އިއްޔެ ވަނީ މޫސަގެ ހަށިގަނޑާއި އޭނަ ބަހައްޓާފައި ހުރި ގޮޅި ބަލާފައި އެވެ.

ފުލުހުންގެ ބަންދުގައި ހުއްޓާ މޫސަ މަރުވެފައިވާތީ އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމާފައިވާއިރު އެކަމަށް އާއިލާއިންވެސް އިއްޔެ ވަނީ އެދިފައި އެވެ.

މޫސަ މަރުވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭއިރު އައިޖީއެމްއެޗުން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.

ފުލުހުން މޫސަ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރީ ރާއްޖެއަށް އަށް ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *