އައްޑޫ ސިޓީ ހިތަދޫ ބައެއް މަގުތަކުގައި ފެންބޮޑުވުމުން އެ މަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފަށައިފި އެވެ.
މިހާރު ކުރަމުން އަންނަ ވިއްސާރައިގާ އައްޑޫ ސިޓީ ހިތަދޫގައި ފެންބޮޑުވެފައިވާއިރު މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން މިއަދު ވަނީ ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފަ އެވެ.
މީގެ އިތުރުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުންވެސް ވަނީ ސަމާލުވުމަށް އިރުޝާދެއް ނެރެފަ އެވެ. އެ އިރުޝާދުގައި ސަމާލުވާން ވީ ގިނަ ކަންތައްތަކެއް ހިމަނާފައި ވެ އެވެ.