ދުންޔާ މައުމޫން --
ދުންޔާ މައުމޫން --

ބާއްޖަވެރި މުސްތަގުބަލަކަށް ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގެންނަން ޖެހޭ

ބާއްޖަވެރި މުސްތަގުބަލެއް ގައުމަށް ހޯދައިދިނުމަށް ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް ގެންނަން ޖެހޭކަމަށް ކުރީގެ ފޮރިންގ މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ ސަރުކާރާ ހިޔާލު ތަފާތުވެ މަގާމުން އިސްތިއުފާދެއްވި ފަހުން މާބޮޑަށް ސިޔާސީ ކަންކަމާއި މެދު ވާހަކަ ނުދައްކާ ހުންނެވުމަށް ފަހު މިއަދު ކުރެއްވި ޓުވީޓެއްގައި އެވެ.

ދުންޔާ ވިދާޅުވެފައިވަނީ ގައުމު އާ އުސްމިންތަކަކަށް ގެންދިއުމަށް އަދި ބާއްޖަވެރި މުސްތަގުބަލަކަށް ވާސިލް ވުމަށް ވަތަން އެދޭ އަދި ރައްޔިތުން އެދޭ ހެޔޮ ބަދަލުތައް އައުން މުހިންމު ކަމަށެވެ.

ދުންޔާ ސިޔާސީ މަޝްރަހާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވެފައި ވާއިރު ރައީސް ޔާމީންގެ ނިންމުންތަކާއި ދެކޮޅު ކަން ކުރީގެ ރައީސް މައުމޫންގެ ތިން ބޭފުޅުން ކުރައްވާ ޓުވީޓުތަކުން އެނގެ އެވެ. އެގޮތުން ޔުމްނާ މައުމޫން ސަރުކާރުގެ ބައެއް ނިންމުންތަކަށް ފާޑު ވިިދާޅުވެ އެވެ. އަދި ފާރިސް މައުމޫން މަޖިލީހަށް ސަރުކާރު ފަރާތުން ހުށަހަޅާ ބިލުތަކާއި ދެކޮޅު ހައްދަވައެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *