ހައްޖު ކަވަރޭޖް: އެމަޖެންސީ ހާލަތްތަކުގައި 911 އަށް ގުޅުމަށް ސައުދީ ހައްޖު މިނިސްޓްރީން އެދިއްޖެ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މައްކާއަށް ދަތުރުކުރަމުން އަންނައިރު ހައްޖުގެ އަޅުކަންކުރިއަށްދާއިރު ދިމާވާ އެމަޖެންސީ ހާލަތްތަކުގައި 911 އަށް ގުޅުމަށް ސައުދީ ހައްޖު މިނިސްޓްރީން އެދިއްޖެ އެވެ.

މައްކާގެ ނެޝަނަލް ސެންޓާ ފޯ ޖޮއިންޓް ސެކިއުރިޓީ އޮޕަރޭޝަންސް (އެސްސީއެސްއޯ) ގެ ކޮމާންޑަރު މޭޖަ ޖެނެރަލް އަބްދުއްރަހްމާން ބިން މުހައްމަދު އަލް ސާލިހް ބުނެފައިވަނީ 911 އަށް ގުޅުމުން ސެކިއުރިޓީ މައްސަލަތަކާއި، ޓްރެފިކް މައްސަލަތަކާއި، ސިވިލް ޑިފެންސް ކަންތައްތަކާއި ހުރިހާ އެމަޖެންސީ ހާލަތްތަކަށް ސަލާމަތީ ބާރުތަކުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ނިމިދިޔަ އަހަރުގެ ހައްޖު މޫސުމުގައި ދިމާވި ހިތާމަވެރި ހާދިސާތަކުގައި އެތައް ސަތޭކަ ހައްޖުވެރިން ވަނީ ނިޔާވެފަ އެވެ. އެފަދަ ކަންކަން ވިޔަ ނުދިނުމަށްޓަކައި ސަލާމަތީ އިންތިޒާމްތަށް ރަނގަޅު ކުރުމަށް ސައުދީ ސަރުކާރުން އަންނަނީ ގިނަ ކަންތައް ތަކެއް ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *