އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމުގެ މަސައްކަތު ބައްދަލުވުމެއް ށ. ފުނަދޫ ސްކޫލްގެ ދަރިވަރުންނަށް ބާއްވައިފި

އެނަރޖީ އެފިޝަންސީ އަށް ހޭލުންތެރިކުރުމާއި ބެހޭ މަސައްކަތު ބައްދަލުވުމެއް 26-27 އޮގަސްޓް 2016އަށް ށ. ފުނަދޫގައި ބާއްވައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ބާއްވާފައި ވަނީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުންނެވެ.

އެ މަޝްރޫޢުން ހާމަކުރާގޮތުގައި ހުކުރު އަދި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މި މަސައްކަތު ބައްދަލުވުމުގައި ފުނަދޫ ސްކޫލުގައި ސާނަވީ ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 49 ދަރިވަރުން ބައިވެރިވިއެވެ.

3

މި މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ފުނަދޫ ސުކޫލުގެ ޕްރިންސިޕަލް ރޮބަރްޓް ސިލްވާ ވިދާޅުވީ މީ ވަރަށް ބޭނުންތެރި މުހިއްމު މަސައްކަތު ބައްދަލުވުމެއް ކަމަށެވެ. އަދި ސްކޫލްދަރިވަރުންނަށް އެނަރޖީ އެފިޝަންސީގެ މަޢުލޫމާތުދިނުމުން ހަކަތަ ބޭނުން ކުރުމުގައި ރަނގަޅު ގޮތްތައް ދެނެގަނެ، ހަކަތަ އިޤްތިޞާދުކުރުމަށް އެހީތެރިވެދީ، އޭގެ ރަނގަޅު އަސަރު ކުރާނެ ކަމަށެވެ.

މި މަސައްކަތު ބައްދަލުވުމުގައި ހަކަތަ އިގްތިސާދު ކުރުމާއި ހަކަތަ ހެޔޮގޮތުގައި ބޭނުންކުރުމާއި ބެހޭ ގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. މި ބައްދަލުވުމުގައި ދަރިވަރުންނަށް މައުލޫމާތުދެއްވީ މި މިނިސްޓްރީގެ ކަމާއި ބެހޭ ތަޖުރިބާކާރުންނެވެ.

2

މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ށ. އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އާރިފް، ފުނަދޫ ސްކޫލްގެ ޕްރިންސިޕަލް ރޮބަރޓް ސިލްވާ އަދި ފުނަދޫ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އަލްފާޟިލާ އަޒްމާ އަޙްމަދުއެވެ.

މީގެ އިތުރު ވޯކްޝޮޕްތަކެއް އެހެން ރަށްރަށުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ ފަރާތުން ހާމަކުރެ އެވެ.

1

ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢަކީ މިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *