އިޓާލިއަން ސުޕަރކަޕްގެ ފައިނަލް މެޗުގައި ޖުވެންޓަސް ބަލިކޮށް ނަޕޮލީއިން ތަށި އުފުލާލައިފިއެވެ.
ގަތަރުގެ ދޯހާގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ޕެނެލްޓީ ޖަހައިގެން 6-5 ގެ ނަތީޖާއަކުންނެވެ.
މެޗުގެ 90 މިނެޓް ހަމަވިއިރު ސްކޯރ އެއްވަރުވެފައިވަނީ 1-1 ގެ ނަތީޖާ އަކުންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި ޖުވެންޓަސްގެ ގޯލް ކާމިޔާބުކޮށްދިނީ ކަރލޮސް ޓެވޭޒެއެވެ. ނަޕޮލީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ގޮންޒާލޯ ހިގުއައިންނެެނެވެ.
މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 30 މިނެޓުގެ ދެވަނަ ހާފް ނިމެންދަނިކޮށް ޓެވޭޒްވަނި ގޯލެއްޖަހާ ޖުވެންޓަސްއަށް އުންމީދު އާ ކޮށްދީފައެވެ. ނަމަވެސް މެޗު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް އަނެއްކާވެސް ހިގުއައިންގެ ގޯލާއެކު ނަޕޮލީއިން ނަތީޖާ ހަމަހަމަ ކުރިއެވެ.
ޖުވެންޓަސްގެ ފުރަތަމަ ޕެނެލްޓީވަނީ ޓެވޭޒް މިސް ކޮށްލާފައެވެ. ނަމަވެސް މެޗުގެ ނަތީޖާ ކަށަވަރުކޮށްދިނީ ނަޕޮލީގެ ކީޕަރ ޖުވެންޓަސްގެ ޑިފެންޑަރ ޕާޑިއޮންގެ ޕެނެލްޓީ ދިފާއުކުރުމުންނެވެ.