ސްނައިޕަރު ގެނައި ކަމަށް ބުނާ މައްސަލައިގެ ހެކި ހުށަހެޅުން މިއަދު އޮންނާނެ

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލުމަށް ރާއްޖެ ސްނައިޕަރެއް ގެނައި ކަމަށް ބުނެ ހިންގާ ޝަރީއަތުގައި، ދެ ފަރާތުގެ ހެކި ހުށަހެޅުން މިއަދު އޮންނާނެ އެވެ.

މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު އާއި. މަޑުޝަންކާ ގެ އިތުރުން އިސްހާޤު ހުސެއިން އާއި ފަޒީލު ހާމިދު ގެ މައްޗަށެވެ. އެގޮތުން އަދީބު އާއި ފަޒީލު އަދި މަޑުޝަންކާ ގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ ގަސްތުގައި މީހަކު މަރަން ރޭވި ކަމުގެ ދައުވާ އެވެ. އިސްހާޤުގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މަރަން ރޭވި ރޭވުމުގައި ބައިވެރި ވުމުގެ ދައުވާއެވެ.

މިދަޢުވާ އާއި ގުޅިގެން ބޭއްވި ތިން ވަނަ އަޑު އެހުން، މިމަހު 24 ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެދުވަހުގެ އަޑުއެހުމުގައި އަދީބު އާއި މައްސަލާގައި ދައުވާ އުފުލިފައިވާ ފަޒީލު އާއި އިސްހާގު އަދި މަޑުޝަންކާ ވެސް ވަނީ ދަޢުވާއަށް އިންކާރު ކޮށްފައެވެ.

އެެހެންކަމުން ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާ ހެކިންނާއި، ދައުވާ ލިބޭ ތިން މީހުންގެ ފަރާތުން ދައުވާ އިން ދިފާއުވުމަށް ހެކިން ހުށަހެޅުމަށް އަޑުއެހުމެއް މިއަދު މެންދުރު 1:00 އަށް ވަނީ ތަވަލު ކުރެވިފައެވެ.

އެމީހުންގެ މައްޗަށް އުފުލި ދައުވާގައި ބުނެފައިވަނީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެމީހުންގެ ތެރެއިން އަދީބާއި ފަޒީލް އިތުރު ބަޔަކާ ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ހަމަލާދީ، އަވަހާރަކޮށްލުމަށްޓަކައި ބަޑިޖަހާ މީހަކު ހޯދަން ރާވާފައިވާތީ އާއި، ރޭވިފައިވާ ގޮތުގެ މަތީން އެ އަމަލު ފުރިހަމަކުރުމަށްޓަކައި އެކަމަށް އެއްބަސް ވެގެން މަޑުޝަންކާ ރާއްޖެއަށް އައިސްފައިވާ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *