ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނައިބުރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަބްދުﷲ ޖިހާދާއި އެމަނިކުފާނުގެ އަނބިކަނބަލުން އާސިމާ ހުސެއިން، އެކުވެރި އަރަބި އިމާރާތު(ޔޫއޭއީ) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސް އޮފީހުން މައުލޫމާތު ދެއްވާ ގޮތުގައި ނައިބުރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގަ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ނައިބުރައީސްގެ ދެކަނބަލުން ޔޫއޭއީއަށް ފުރާވަޑައިގެންނެވީ މި މަހުގެ 23 ވަނަ ދުވަހުގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *