އޭސީސީން އެންގީ ކްލަބް ޖަމިއްޔާތަކަށް ފައިސާ ދޫނުކުރުމަށް: ހަނިމާދޫ ކައުންސިލް މެމްބަރު

ހަނިމާދޫގައި އަޟްހާ ޢީދު ފާހަގަކުރުމަށް ފާސްކުރި ބަޖެޓްގެ މައްސަލަ ބޮޑުވެފައިވާއިރު އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އެންގީ ކްލަބް ޖަމިއްޔާތަކަށް ފައިސާ ދޫނުކުރުމަށް ކަމަށް ހަނިމާދޫ ކައުންސިލް މެމްބަރު ހަސަން ސަލީމް ވިދާޅުވެއްޖެ އެވެ.

ހަނިމާދޫ ޢީދު ބަޖެޓް މައްސަލަ ބޮޑު މައްސަލައަކަށް ވެފައިވަނީ އޭސީސީން ވަކި އެއްޗެއް އަންގަންދެން، އެއްމެ ފުރަތަމަ އެ ކައުންސިލުން ފާސްކުރި 8.5 ލައްކަ ރުފިޔާގެ ބަޖެޓް ހަރަދުކުރުން  މަޑުޖައްސާލުމަށް އެންގި ހިސާބުންނެވެ. ބަޖެޓް މައްސަލައިގާ ރައްޔިތުންނާ މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވި ނަމަވެސް ދެވަސްވުންތައް ބޮޑުވެ އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ގެންދެވިފައެއް ނުވެ އެވެ. ހަނިމާދޫ ޢީދު ބަޖެޓް މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. ވަކި އެއްޗެއް އަންގަންދެން އެ ފައިސާ ހަރަދު ނުކުރަން އޭސީސީން އަންގާފައިވާއިރު އެ ކައުންސިލުން މިހާރު ވަނީ އެ ބަޖެޓް ނުވަ ލައްކަ ރުފިޔާއަށް ބޮޑު ކޮށްފަ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ކައުންސިލް މެމްބަރު ހަސަން ސަލީމް ވިދާޅުވީ އޭސީސީން އަންގާފައިވަނީ ހަމަ އެކނި ކްލަބް ޖަމިއްޔާތަކަށް ރައްޔިތުންގެ މާލިއްޔާއިން މި ޢީދަށް ހަރަދު ނުކުރުމަށް ކަމަށެވެ. އަދި ކައުންސިލްގެ އެއްވެސް ބައްދަލުވުމެއްގައި އެއްވެސް ކްލަބް ޖަމިއްޔާއަކަށް ފައިސާ ދޫކުރަން މަޝްވަރާކޮށްފައި ނުވާނެ ކަމަށްވެސް ހަސަން ސަލީމް ވިދާޅުވި އެވެ.

ޢީދު ބަޖެޓް މައްސަލައިގާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި އާދަމް އިބްރާހިމް މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އޭނާ ވިދާޅުވެފައިވަނީ އިސްތިއުފާ ދިނީ ރައްޔިތުންގެ ފައިސާއިން އެހާ ބޮޑު އަދަދެއް ރަށުން ބޭރުން ޢީދު ކުޅިވަރުތަކަށް ގެންނަ ފަރާތްތަކަށް ހަރަދު ކުރަން ނިންމުމުން ކަމަށެވެ. އެންމެ ފުރަތަމަ ބަޖެޓް ފާސްކުރި އިރު ކައުންސިލް މެމްބަރުންގެ ތެރެއިން ޢީދު ބަޖެޓަށް ދެކޮޅު ހެއްދެވީ ހަމަ އެކަނި އާދަމް އިބްރާހިމް ކަމަށް ކައުންސިލުން ހާމަކުރެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

2 Responses

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *