މާލެއިން ފުރައިގެން ކ.ހިންމަފުއްޓަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވަމުން ދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި އެވެ.
Male' in Furaigen K.Himmafuttah Dhathuru Kuramundhaa "South 5" Dhoanyah Dhiyavaathee MNDF MA,CG Squadron in Harakaaiytherivaan Fashaifi
— Maldives National Defence Force (@MNDF_Official) August 28, 2016
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިރޭ ގާތްގަނޑަކަށް 20:00 ހާއިރު މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓް 104 ވަނީ ދިޔަ ހިއްކާ އާލާތްތަކާއެކު އެސަރަޙައްދަށް ގޮސް ދިޔަ ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާން ފަށާފައެވެ.އަދި މިހާދިސާ ހިނގާފައިވަނީ ކ.ގާގަނޑުކައިރިން ދަތުރުކުރަމުންދަނިކޮށް މިރޭ އައި ކޮޅިގަނޑެއްގައި ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
”މިހާދިސާގައި ދޯނީގައި ބޮޑުވެފައިވާ ދިޔަގަނޑު ޕަމްޕު ބޭނުންކޮށްގެން ހިއްކައިދީ، މިދޯނި ހުޅުމާލެ ފަޅަށް ވެއްދުމުގެ މަސައްކަތުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން“ އެމްއެންޑީއެފުން ބުނެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މިހާދިސާ ހިނގި އިރު ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށާއި މީގެތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށެވެ. އަދި މި ދޯންޏަކީ 48 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ކަމަށެވެ.