މިދިޔަ ހުކުރު ދުވަހުގެރޭ ފުވައްމުލަކުގައި ބޭއްވި ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާ ޓީވީއެމް އިން ލައިވްކުރި މައްސަލަ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މިކަމާއިބެހޭގޮތުން އެމްޑީޕީން ނެރެފައިވާ ކުރު ބަޔާނެއްގައި ބުނެފައިވަނީ 26 އޮގަސްޓް ވީ ހުކުރު ދުވަހުގެ ރޭ ފުވައްމުލަކުގައި ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމް އިން ބޭއްވި(ރައީސް ޔާމީން (2018 ކެމްޕެއިން ޖަލްސާ ޓީވީ އެމް އިން ލައިވް ކުރި މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން މިއަދު އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ހުށަހަޅާފައި ވާކަމަށެވެ.
ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ ދައުލަތުގެ މީޑިއާއިން ހަމަހަމަކަމާއެކު ހުރިހާ ފަރާތްތަކަށް ފުރުޞަތު ނުދީ ވަކި ޕާޓީއެއްގެ ޙަރަކާތްތައް ލައިވްކޮށް ފޮނުވުމަކީ ދައުލަތުގެ މީޑިއާ ނަހަމަގޮތުގައި ހިފައި ދައުލަތުގެ މީޑިއާއެއް އުފެއްދުމުގެ މަޤްޞަދު ގެއްލިގެންދާކަމެއްކަން އެމްޑީޕީން ފާހަގަކުރެ އެވެ.