ކ-ވ: ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލް،ޕޮލިސް ސާޖަންޓް ސުޖާޢު އަދުނާން، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަހްމަދު ޢަބްދުލް ރަޙްމާން، ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އަޝްރަފް، ޕޮލިސް ސާޖަންޓް މުޙައްމަދު އަޙްމަދު، ޕޮލިސް ސާޖަންޓް އަޙްމަދު ސަޢީދު، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙުސައިން ފިރާޒް، ޕޮލިސް ސްޓާފް ސާޖަންޓް ޝަހުދު ޢަބްދުﷲ، ޕޮލިސް ސާޖަންޓް މުޙައްމަދު އިބްރާހިމް އަދި ޕޮލިސް ލާންސް ކޯޕްރަލް އިސްމާޢީލް ޝަފީޤް --
ކ-ވ: ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލް،ޕޮލިސް ސާޖަންޓް ސުޖާޢު އަދުނާން، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަހްމަދު ޢަބްދުލް ރަޙްމާން، ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އަޝްރަފް، ޕޮލިސް ސާޖަންޓް މުޙައްމަދު އަޙްމަދު، ޕޮލިސް ސާޖަންޓް އަޙްމަދު ސަޢީދު، ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙުސައިން ފިރާޒް، ޕޮލިސް ސްޓާފް ސާޖަންޓް ޝަހުދު ޢަބްދުﷲ، ޕޮލިސް ސާޖަންޓް މުޙައްމަދު އިބްރާހިމް އަދި ޕޮލިސް ލާންސް ކޯޕްރަލް އިސްމާޢީލް ޝަފީޤް --

ސްކޮލަޝިޕް ފުރުސަތުތަކެއްގައި މަތީތަޢުލީމު ހާސިލްކުރުމަށް 10 ފުލުހަކު އިންޑިއާއަށް

ފުލުހުންނަކީ ތަޢުލީމީ ޤާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުސަތުތަކެއްގައި މަތީ ތަޢުލީމު ހާސިލްކުރުމަށް 10 ފުލުހަކު އިންޑިޔާއަށް ފުރައިފިއެވެ.

ފުލުހުން ހާމަކުރާގޮތުގައި އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވާސިޓީގެ ފަރާތުން ފުލުހުންނަށް ލިބުނު 10 ސްކޮލަޝިޕް ފުރުސަތުގައި މަތީ ތަޢުލީމު ހާސިލްކުރުމަށް ފުލުހުން އިންޑިޔާއަށް ފުރާފައިވަނީ އޮގަސްޓް މަހުގެ 19 އަދި 26 ވަނަ ދުވަހުއެވެ.

ފުލުހުންނަށް ލިބުނު މި ސްކޮލަޝިޕްތަކުގެ ތެރޭގައި ހިމެނެނީ 1 މާސްޓަރސް އަދި 09 ޑިގްރީ ޕްރޮގްރާމެކެވެ. އެގޮތުން މި ސްކޮލަޝިޕްތަކުގެ ތެރެއިން 2 ކޯހެއްގެ ޓިއުޝަން ފީ އާއި 8 ކޯހެއްގެ 50 އިންސައްތަ ޓިއުޝަން ފީ ދިނުމަށް ހަމަޖެހިފައިވަނީ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީންނެވެ. މި ފުރުސަތުތަކުގެ ތެރެއިން އެޔުނިވަރސިޓީން 100 އިންސައްތަ ޓިއުޝަންފީ ހަމަޖައްސާފައިވަނީ ފޮރެންސިކް ސައިންސް އާ ގުޅުންހުރި ދެ ކޯހަކަށެވެ.

މި ސްކޮލަޝިޕްތަކަށް މުވައްޒަފުން ހޮވާފައިވަނީ ކޯސްތަކަށް ޝައުޤުވެރިވާ މުވައްޒަފުން ހޯދުމަށް ޢިއުލާންކުރުމަށްފަހު ކޯހަށް ކުރިމަތިލާފައިވާ މުވައްޒަފުންގެ ތެރެއިން އެންމެ މަތީ މާކްސް ލިބުނު މުވައްޒަފުން ކަމަށާއި އެގޮތުން މި ސްކޮލަޝިޕްތަކަށް ހޮވޭ މުވައްޒަފުންނަށް ފުލުހުންގެ މުއައްސަސާގެ ފަރާތުން އިންޑިޔާއަށް ދިޔުމަށް ދެކޮޅު ޓިކެޓާއި އެމުވައްޒަފެއްގެ ރޭންކަށް ކަނޑައެޅިފައިވާ މުސާރައާއި އެލަވަންސްތައް ހަމަޖައްސައި ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.

އިންޑިޔާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަރސިޓީން ފުލުހުންނަށް ލިބުނު ސްކޮލަޝިޕް ފުރުޞަތުތައް ލިބުނު ފުލުހުންނާއި ކޯސްތަކުގެ ތަފްސީލްތައް:

ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ބިލާލް – މާސްޓަރ އޮފް ފޮރެންސިކް ސައިންސް

ޕޮލިސް ސާޖަންޓް ސުޖާޢު އަދުނާން – ބީޓީއީސީ އިލެކްޓްރިކަލް އިންޖީނިއަރިންގ

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޢަހްމަދު ޢަބްދުލް ރަޙްމާން – ބީޓީއީސީ އޮޓޯމޯބައިލް އިންޖީނިއަރިންގ

ޕޮލިސް ސްޓާފް ސާޖަންޓް މުހައްމަދު އަޝްރަފް – ބެޗްލަރ އޮފް ކޮމްޕިއުޓަރ ސައިންސް

ޕޮލިސް ސާޖަންޓް މުޙައްމަދު އަޙްމަދު – ބެޗްލަރ އޮފް ސައިންސް އިން ފޮރެންސިކް ސައިންސް

ޕޮލިސް ސާޖަންޓް އަޙްމަދު ސަޢީދު – ބީޓީއީސީ ސިވިލް އިންޖީނިއަރިންގ

ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ ޙުސައިން ފިރާޒް – ބެޗްލަރ އޮފް ޖަރނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަން

ޕޮލިސް ސްޓާފް ސާޖަންޓް ޝަހުދު ޢަބްދުﷲ – ބެޗްލަރ އޮފް ކޮމްޕިއުޓަރ އެޕްލިކޭޝަންސް

ޕޮލިސް ސާޖަންޓް މުޙައްމަދު އިބްރާހިމް – ބެޗްލަރ އޮފް ފިޒިކަލް އެޑިއުކޭޝަން، ހެލްތު އެޑިއުކޭޝަން އެންޑް ސްޕޯޓްސް

ޕޮލިސް ލާންސް ކޯޕްރަލް އިސްމާޢީލް ޝަފީޤް –  ބެޗްލަރ އޮފް ސައިންސް އިން ބައޯޓެކްނޮލޮޖީ

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *