ފޯނު ހޯދަން ފާހާނާތަށި ތެރެއަށް ފޭބި މީހާ ފާހާނާ ތަށި ތެރޭގައި ތާށިވެފައި --
ފޯނު ހޯދަން ފާހާނާތަށި ތެރެއަށް ފޭބި މީހާ ފާހާނާ ތަށި ތެރޭގައި ތާށިވެފައި --

ފޯނެއް ނަގަން ފާހާނާ ތަށި ތެރެއަށް ފޭބި މީހަކު ތަށި ތެރޭގައި ތާށި ވެއްޖެ !

މިއީ ނިމިދިޔަ ހަފްތާގެ ތެރޭގައި ނޯވޭގެ އަވަށެއްގައި ހިނގި ތަފާތު ހާދިސާ އެކެވެ.

ނޯވޭގެ އާއްމު ފާހާނާއެއްގެ ތެރެއަށް ފޯނެއް ވެއްޓުމުން އެ ފޯނު ނެގުމަށް އެ ފާހާނައިގެ ތެރެއަށް ފޭބީ އުމުރުން 20 އަހަރުގެ ކަޓޯ ބާންސެން ނަމަކަށް ކިޔާ މީހެކެވެ. އޭނާ އެ ފާހާނާގެ ތެރެއަށް ފައިބާ ފޯނު ނެގި ނަމަވެސް އަނބުރާ މައްޗަށް އެރޭ ގޮތެއް ނުވި އެވެ.

އެ ފާހާނައިގެ ތެރެއިން އޭނާ ސަލާމަތްކުރީ ނޯވޭގެ ފަޔާމަނުން އެ ތަނަށްގޮސް ފާހާނާ ކީހާލައިގެން ނެވެ. ކަޓޯ ސަލާމަތްވީ ފާހައިގެ ތެރޭގައި ގަޑިއެއްހާއިރު ހޭދަކުރި ފަހުންނެވެ.

”ފާހާނާ ސިސްޓަމްގެ އަޑީގައި ފޯނު ފެންނަ އޮތް، އަހަރެމެން ފުރަތަމަ މަސައްކަތްކުރީ ދަނޑިކޮޅަކުން ފޯނު ނަގަން، އެކަން ކާމިޔާބު ނުވުމުން ފާހާނައިގެ ތެރެއަށް އަހަރެން ފޭބީ“ މީޑީއާއަށް މައުލޫމާތު ދެމުން ކަޓޯ ބުނެފައި ވެ އެވެ.

އޭނާ ބުނެފައިވަނީ ފާހާނާ ސިސްޓަމްގެ ތެރޭގައި ގަޑިއެއް ހޭދަކުރި އިރު އޭނާގެ ފައިދާ ބައެއްކަހަލަ ދިރޭ އެއްޗެހި ޖެހޭކަން ފާހަގަވުމުން ވަރަށް ބިރުގަތް ކަމަށާއި ފަޔާމަނުންނަށް ގުޅީ ސަލާމަތް ނުވާނެކަން ޔަގީން ވުމުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *