ގެމަނަފުށީގައި ކުށްމަދު އަމާންވެއްޓެއް ގާއިމްކޮށް ރައްޔިތުން ހޭލުންތެރި ކުރުވުމަށް ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކޮށްފި

ގއ. ގެމަނަފުށީގެ ރައްޔިތުން ހޭލުންތެރިކޮށް ކުށްމަދު އަމާން ވެއްޓެއް ދެމެހެއްޓުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުން ދެނެގަތުމުގެ ގޮތުން ގެމަނަފުށީގައި މަސައްކަތްކުރާ ފުލުހުން އެރަށު ގޭގެއަށް ޒިޔާރަތްކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި އޮގަސްޓް މަހުގެ 24 ން 26 އަށް ގެމަނަފުށި ޕޮލިސް ސްޓޭޝަނުން ހިންގި މި ޕްރޮގްރާމުގައި ވަނީ ގެމަނަފުށީގައި މީހުން ދިރިއުޅޭ ހުރިހާ ގެއަކަށް ޒިޔާރަތްކޮށް ގެމަނަފުށީގައި ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމަށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އެކަންކަން ހައްލުކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަމާއި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައިވާކަމަށާއި އަދި ކުށްމަދު ކުރުމުގެ ގޮތުން ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރުމާއި ކުށްމަދު ކުރުމަށް ރައްޔިތުންނަށް އަދާކުރެވިދާނެ ދަޢުރާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ މީގެއިތުރުންވެސް ފައިސާ ރައްކާކުރުމުގައި ހިޔާރުކުރެވިދާނެ ސަލާމަތްތެރި ގޮތްތަކާއި ގުޅޭގޮތުން މި ޒިޔާރަތުގެ ތެރެއިން މަޢުލޫމާތު ދީފައިވާއިރު މި ޒިޔާރަތުގައި ފުލުހުންވަނީ ގެމަނަފުށީގައި ދެމުންދާ ފުލުހުންގެ ޚިދުމަތް މިހާރަށްވުރެ ރަނގަޅުކޮށް ރައްޔިތުންނާ ގާތުން ދެވޭ ޚިދުމަތަކަށް ހެދުމުގެ ގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދާފައި ވާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *