އައިފީ ޕާފިއުމްސްގެ ”ރޭންޖާސް“ ބޮޑީ ސްޕްރޭ، ޕޮއިޒްގެ ފަރާތުން ރާއްޖޭގެ މާކެޓަށް

ދުނިޔޭގެ އެކި ގައުމުތަކުގެ ސަލާމަތީ ބާރުތަކުން ގައުމަށްޓަކައި ކޮށްދެމުން އަންނަ ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ބައިނަލްއަގްވާމީ މަޝްހޫރު ސެންޓް ކުންފުނި އައިފީ އިން އުފައްދާފައިވާ ”ރޭންޖާސް“ ބޮޑީ ސްޕްރޭ ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

މި ހާއްސަ ބޮޑީ ސްޕްރޭ ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހީންގެ މަގްބޫލުކަން ހޯދާފައިވާ ޕޮއިޒް ފިހާރައިންނެވެ.

މި ބޮޑީ ސްޕްރޭ ތައާރަފް ކުރުމަށް ދިވެހި ސިފައިންގެ ”ސިފްކޯ ފެމިލީ މާޓް“ ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު މި ބޮޑީ ސްޕްރޭ ތައާރަފްކޮށްދެއްވީ އެމްއެންޑީއެފް ސްޕެޝަލް ފޯސްގެ ކޮމާންޑިން އޮފިޝަރ ލެފްޓިނެންޓް ކާނަލް ހަސަން ޝާހިދު އެވެ.

ރޭންޖާސް ބޮޑީ ސްޕްރޭ ލޯންޗް ކުރުމަށް ސިފްކޯ ފެމިލީ މާޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: އިއްބެ
ރޭންޖާސް ބޮޑީ ސްޕްރޭ ލޯންޗް ކުރުމަށް ސިފްކޯ ފެމިލީ މާޓްގައި ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: އިއްބެ

ޕޮއިޒް ފިހާރައިން ހާމަކުރާގޮތުގައި ރޭގެ ރަސްމިއްޔާތުގައި ”ރޭންޖާސް“ ގެ 16 ވެރައިޓީސް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ ކަނބަލުންނަށް ހާއްސަ އަށް ވެރައިޓީޒް އަދި ފިރިހެން ބޭކަލުންނަށް ހާއްސަ އަށް ވެރައިޓީޒް އެވެ.

”މި ބޮޑީ ސްޕްރޭއަކީ ސެންޓް އުފެއްދުމުގައި ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ އައިފީ ކުންފުނިން ދާދި ފަހުން މާކެޓަށް ނެރުނު ޕްރޮޑަކްޓެއް މި ޕްރޮޑަކްޓް މި ބޮޑީ ސްޕްރޭގެ ނަމާއި ވެރައިޓީޒްތަކުގެ ނަންތައް ދީފައިވަނީ ސިފައިންނާއި ފުލުހުން އާންމުކޮށް ބޭނުންކޮށް އުޅޭ ނަންތައް، ޑިޒައިންތަކުގައިވެސް ބޭނުންކޮށްފައިވަނީ ސިފައިންނާއި ފުލުހުންގެ ޔުނީފޯމްގެ ޑިޒައިންތައް“ ޕޮއިޒް ފިހާރައިން ހާމަކުރެ އެވެ.

14101768_667443420079742_1832733761_n

ޕޮއިޒް ފިހާރައިން ހާމަކުރާގޮތުގައި މި ބޮޑީ ސްޕްރޭ ޕޮއިޒް ފިހާރައިންނާއި ސިފައިންނާއި ފުލުހުންގެ ފިހާރަތަކުން ލިބެން ހުންނާނެ އެވެ. އަދި ސިފައިންނާއި ފުލުހުންގެ ފިހާރަތަކުން ސިފައިންނާއި ފުލުހުންނަށް މި ބޮޑީ ސްޕްރޭ ހާއްސަ އަގެއްގައި ލިބޭނެކަންވެސް ޕޮއިޒް ފިހާރައިން ހާމަކުރެ އެވެ.

އައިފީ ކުންފުނީގެ ރޭންޖާސް ބޮޑީ ސްޕްރޭ ޕޮއިޒްގެ ފަރާތުން ރާއްޖެއަށް ތައާރަފްކޮށްފައިވާއިރު ޕޮއިޒް އިން ވަނީ ދާދި ފަހުން މަޝްހޫރު ސެންޓެއް ކަމަށްވާ ފޮގް ސެންޓާއި ފޮގް ބޮޑީ ސްޕްރޭވެސް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފަ އެވެ. ފޮގް ސެންޓާއި ފޮގް ބޮޑީ ސްޕްރޭގެ ސޯލް ޑިސްޓްރިބިއުޓާ އަކީ ޕޮއިޒް އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *