މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓު ނެރެފި އެވެ.
ވައިޓް އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އަދި އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 11:30 ން ހަވީރު 04:30 އަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ވައިޓު އެލާޓު ނެރެނީ މޫސުމަށް ބަލައިގެން ދަތުރު ކުރުން ރައްކާތެރިވާނެކަން އަންގައި ދިނުމުގެ ގޮތުން ނެވެ.
މިދިޔަ ދެތިން ހަފްތާގައި މުޅި ރާއްޖެއަށް ގަދަ ވަޔާއިި އެކު ބޯކޮށް ވާރޭ ވެހެމުން ދާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީން ދަނީ އިލްތިމާސް ކުރަމުންނެވެ. އަދި ކަނޑު ދަތުރު ކުރުމުގައި ސަމާލުވުމަށް ކޯސްޓްގާޑުން ދަނީ އިލްތިމާސް ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ މި ވިއްސާރާއިގެ އަސަރު އެންމެ ބޮޑަށް ކުރާނީ ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.