ރާއްޖޭގެ ޙައްޖާޖީންތަކެއް: ފައިލް ފޮޓޯ
ރާއްޖޭގެ ޙައްޖާޖީންތަކެއް: ފައިލް ފޮޓޯ

ރާއްޖޭގެ ހުރިހާ ޙައްޖާޖީީންވެސް މިއަދު މަދީނާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ހުރިހާ ހައްޖާއްޖީން ވެސް މިއަދުގެ ވަގުތެއްގައި މަދީނާ އަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހު، ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 500 މީހުން މިހާރުވެސް ވަނީ މަދީނާ އަށް ގޮސްފައި ކަމަށެވެ. އަދި އެމީހުން ދެ ދުވަސް ވަންދެން މަދީނާގައި މަޑުކުރާނެ ކަމަށާއި އެ ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ އަނެއް 500 ހައްޖާޖީން މަދީނާ އަށް ދާނީ ކުރިން ދިޔަ ގްރޫޕަށް ފަހު ކަމަށެވެ.

މީގެ އިތުރުން އެ ހައްޖާޖީން މަޑުކުރަނީ މަސްޖިދުއް ނަބަވީ ކައިރީގައި ހުންނަ ސަފާރުލްއީމާން ކިޔާ ހޮޓަލެއްގައި ކަމަށާއި، އެހެން ހައްޖު ގްރޫޕްތަކުގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖާޖީން ވެސް މިއަދުގެ ވަގުތުތަކުގައި މަދީނާ އަށް ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަންއާއި އިތުރު ފަސް އަމިއްލަ ކުންފުންޏަކުން، ޖުމްލަ 2000 ހައްޖާޖީން ވަނީ މިއަހަރު ރާއްޖެއިން ހައްޖުގެ އަޅުކަމަށް މައްކާ އަށް ގޮސްފަ އެވެ.

އެހެން އަހަރުތަކާ ޚިލާފަށް، ސައުދީގެ މިނިސްޓްރީ އޮފް ހައްޖުގެ މަދީނާ އޮފީހުން އިންތިޒާމުކުރާ ޓުއާ ޕްރޮގްރާމެއް މިއަހަރު ވަނީ އިފްތިތާހުކޮށްފައެވެ.

އެ ޕްރޮގްރާމްގައި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކަމަށާއި އެ ޓުއާގެ ދަށުން މައްކާ އަދި މަދީނާގެ އާސާރީ ތަންތަން ހައްޖުވެރިންނަށް ދައްކާލުން ހިމެނޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *