ސީމާސް ފިހާރާގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
ސީމާސް ފިހާރާގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލޭގައި ފިހާރައެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް

މާލޭގައި ފިހާރައެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭ މަސްމާރުކޭޓު ކައިރިން ހުސޭނީގޯޅީގައި ހުންނަ ސީމާސް ފިހާރާގަ އެވެ. ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ވަނީ ނިއްވާލާފަ އެވެ.

”މި ހާދިސާގެ ރިޕޯޓް ރޭ 01:56 ހާއިރު، އެމްއެންޑީއެފް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރމަނުން ހަރަކާތްތެރިވެ، އަލިފާން ރޯވެފައިހުރި ސީމާސް ފިހާރަ ހުރި ސަރަޙައްދަށް ވަނީ ގޮސްފައި، އަދި ރޯވެފައިވާ އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ރޭ 02:26 ހާއިރު އަލިފާންގަނޑު ވަނީ އެއްކޮށް ކޮންޓްރޯލް ކޮށްފައި“ އެމްއެންޑީއެފުން ހާމަކުރެ އެވެ.

އަލިފާނުގެ ހާދިސާ ހިނގި ސީމާސް ފިހާރަ -- ފޮޓޯ: އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ ހިނގި ސީމާސް ފިހާރަ — ފޮޓޯ: އެމްއެންޑީއެފް

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެ ފިހާރައިގެ ތެރޭގައިހުރި ބައެއް މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި އެހެންނަމަވެސް، މި ހާދިސާއާ ގުޅިގެން އެއްވެސް މީހަކަށް އަދި އިތުރު އިމާރާތަކަށް ގެއްލުން ވެފައެއް ނުވާ ކަމަށެވެ. އަދި މިހާދިސާ ހިނގަން މެދުވެރިވީ ސަބަބު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ދަނީ ތަޙުޤީޤުކުރަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *