ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ: އަމީން ފަހުމީ
ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ވާހަކަދައްކަވަނީ -- ފޮޓޯ: އަމީން ފަހުމީ

ސިއްޙީ ދާއިރާގައި ޕްރައިވެޓް ސެކްޓަރ އުޅެނީ ޕަބްލިކް ސެކްޓަރ އަށް ވުރެ މާކުރީގައި- އަޒްލީން

ދުނިޔޭގެ ހަޤީޤަތް ދައްކާ ގޮތުން ސިއްޙީ ދާއިރާގައި ހުރިހާ ޤައުމަކުން ވެސް ފެންނަނީ ޕްރައިވެޓް ސެކްޓަރ ޕަބްލިކް ސެކްޓަރ އަށް ވުރެ މާކުރީގައި އުޅޭތަން ކަމަށް ހޯމް މިނިސްޓަރ އަޒްލީން ޢަލީ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ އޭޑީކޭ އަށް އަލަށް ގެނެވުނު އެމްއާރްއައި ސީޓީ ސްކޭން މެޝިނުގެ ޚިދުމަތް ދޭން ފެށުމަށް، މިރޭ ހޮޓެލް ޖެން ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ އަޒްލީން ވިދާޅުވީ އޭޑީކޭ އިން އިސްނަގައިގެން ރާއްޖޭގެ ސިއްޙީ ދާއިރާގެ ޚިދްމަތް ރަނގަޅު ކުރެއްވުމަށް، އަލަށް ގެނައި ސީޓީ ސްކޭން މެޝިނުގެ ސަބަބުން، ޕްރައިވެޓް ސެކްޓަރ ޕަބްލިކް ސެކްޓަރ އަށް ވުރެ ސިއްޙީ ދާއިރާގައި މާކުރީގައި އުޅޭތަން ފެންނަ ކަމަށާއި އެއީ ދުނިޔޭގެ އެހެން ޤަޢުމުތަކުގައިވެސް ކަން ހިނގާ ގޮތް ކަމަށެވެ.

”ސިއްޙީ ދާއިރާގައި އަޅުގަނޑުމެންނަށް ހުރިހާ ދިމާލަކުން ވެސް ފެންނަނީ، ހުރިހާ ޤައުމަކުން ވެސް ފެންނަނީ ޕްރައިވެޓް ސެކްޓަރ ޕަބްލިކް ސެކްޓަރ އަށް ވުރެ މާކުރީގަ އުޅޭތަން. މިއީ ޙާޤީޤަތް، މިޙަޤީޤަތާއި ދިވެހި ރާއްޖެ ވަކި ތަފާތު ހާލަތަކަށް ދާކަށް ނުޖެހޭކަން އަޅުގަނޑުމެން އެންމެން ވެސް ޤަބޫލު ކުރަން ޖެހޭނެ“ ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ސިއްޙީ ޚިދްމަތްތައް ހޯދުމަށް ރާއްޖޭއިން ބޭރަށް ދާންޖެހޭ ކަމަށް ޤަބޫލުކުރާ ވިސްނުން ދޫކޮށްލުމަށެވެ.

”ރާއްޖޭގެ ބޭރަށް ލީކޭޖެސް ގޮތުގައި އެތައް މިލިއަން ޑޮލަރެއް ކޮންމެ އަހަރެއްގައި ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ހޭދަކުރަމުން ގެންދާއިރު މިކަހަލަ އެޑްވާންސްމަންޓް ޓެކްނޮލޮޖީގެ ތެރެއިން ސިއްހީ ދާއިރާއަށް އައުމަކީ މިދެންނެވި ލީކޭޖެސް ގޮތުގައި ރާއްޖެއިން ބޭރަށްދާ އެތައް މިލިއަން ޑޮލަރެއް ހިފޭއްޓޭނެ ކަމެއް،“ މިނިސްޓަރު ވިދާޅުވި އެވެ.

އޭޑިކޭ އިން އަލަށް ގެނައި ސީޓީ ސްކޭން މެޝިން- ފޮޓޯ: އަމީން ފަހުމީ (ވަގުތު).
އޭޑިކޭ އިން އަލަށް ގެނައި ސީޓީ ސްކޭން މެޝިން- ފޮޓޯ: އަމީން ފަހުމީ (ވަގުތު).
 އޭޑީކޭ އިން އަލަށް ގެނައި އެމްއާރްއައި ސީޓީ ސްކޭން މެޝިނުގެ ސަބަބުން ސީޓީ ސްކޭންގެ ހިދުމަތް ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު ހޮސްޕިޓަލުތަކުގައި ދޭ ފެންވަރަށް ދެވޭނެ އެވެ. މި ހިދުމަތަކީ ގިނަ އަދަދަކަށް ރާއްޖެއިން ބޭރުން ދިވެހިން ހޯދަމުން އަންނަ ހިދުމަތެކެވެ. މިއީ މިފެންވަރުގެ ހިދުމަތެއް ރާއްޖޭގައި ދޭން ފަށާ ފުރަތަމަ ފަހަރެވެ.
ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *