މަޖީދިއްޔާ ސްކޫލުގެ ގާލްގައިޑާއި ލިޓްލް މެއިޑުންނާއި ސްކައުޓުންނަށް މެރިޓައިމް އެވެއަނެސް ޕްރޮގްރާމެއް ހިންގައިފި

އެމްއެންޑީއެފް ކޯސްޓްގާޑުން، މަޖީދިއްޔާ ސްކޫލުގެ ގާލްގައިޑާއި ލިޓްލް މެއިޑުންނާއި ސްކައުންޓުންނަށް އަމާޒުކޮށްގެން މެރިޓައިމް އެވެއަރނަސް ޕްރޮގްރާމެއް މިއަދު ހިންގައިފި އެވެ.

ކަނޑުމަތީގެ ހާދިސާތަކަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ، މި މެރިޓައިމް އެވެއަރނަސް ޕްރޮގްރާމްގައި މަޖީދިއްޔާ ސްކޫލުގެ ގާލްގައިޑާއި ލިޓްލް މެއިޑުންގެ އިތުރުން ސްކައުޓުންގެ ތެރެއިން 50 ދަރިވަރުން ބައިވެރިވި ކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

”މަޖީދިއްޔާ ސްކޫލުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކަނޑުމަތީގައި ދިމާވާ ހާދިސާތަކާ ގުޅޭ މަޢުލޫމާތާއި އެފަދަ ހާދިސާއެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތްތައް އެކުދިންނަށް ފަހުމުވާގޮތަށް ވަނީ ކިޔަވައިދީފައި، މި ގޮތުން، ކަނޑުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރާނެ ގޮތާއި، ހާލުގައި ޖެހިފައިވާ އުޅަނދުފަހަރަށް އެހީތެރިވާނެ ގޮތާއި، ކަނޑުމަތީގައި ދިމާވާ އެކިއެކި ހާދިސާތަކުގައި ޒަޚަމްވެފައިތިބޭ މީހުންނަށް ޞިއްޙީ އަވަސް ފަރުވާދިނުމުގެ އިތުރުން ލައިފް ޖެކެޓް ބޭނުންކުރުން ފަދަ މުހިންމު ބައިތައް އެކުދިންނަށް ކިޔަވައިދީފައިވޭ“ އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *